ހޮރުމުޒް ކަނޑުއޮޅީގެ ބޭރުން އަތުލައިގަނެފައިވާ އެމެރިކާ އަސްކަރިއްޔާގެ އެންމެ ޒަމާނީ، އިންސާނަކު ނެތި ދުއްވާ ސަބްމެރިން ޑްރޯނުގެ ވީޑިއޯ ފުޓޭޖު އީރާނުން އާންމުކޮށްފިއެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން އަންގާރަ ދުވަހު ބުނެފައިވަނީ މި އުޅަނދު އަތުލައިގަނެފައިވަނީ ހޮރުމުޒް ކަނޑުއޮޅީގެ މައި ދޮރާށި ކައިރިން ކަމަށެވެ.

Ad
rt

އީރާނުގެ ދައުލަތުގެ މީޑިއާއިން އާންމުކުރި ރިވޮލިއުޝަނަރީ ގާޑްސް ނޭވީގެ ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާ އަސްކަރިއްޔާގެ އެންމެ ޒަމާނީ އަދި އިންޓެލިޖެންޓް، އެންމެ ފަހުގެ ޓެކްނޮލޮޖީ ހަރުކޮށްފައިވާ މި ސަބްމެރިން އަތުލައިގަނެވުނު ކަމަށެވެ.

https://en.mehrnews.com/news/247578/Iran-releases-first-footage-of-captured-US-submarine-drone

އީރާނުގެ މި ކާމިޔާބީއާއި ގުޅިގެން އެމެރިކާއިން ވަނީ އެއީ ހަލާކުވެފައިވާ ބާ އުޅަނދެއްކަމަށް ބުނެ ބަލިން ރެކެން ބަހަނާ ދައްކާފައެވެ.

އެމެރިކާގެ ޕެންޓަގަންގެ ތަރުޖަމާނަކު ބުނެފައިވަނީ، އެ ސަރަހައްދުގެ ކަނޑުގެ ސަރަހައްދުތައް ސާވޭ ކުރުމުގެ މަސައްކަތުގައި އުޅެނިކޮށް، އެމެރިކާގެ ކަނޑުއަޑީގެ ޑްރޯނަކަށް މައްސަލައެއް ޖެހި ހަލާކުވީ މީގެ 24 ގަޑިއިރަށްވުރެ ކުރިން ކަމަށެވެ. އަދި އެއީ ބާ މޮޑެލެއް ކަމަށާއި، އޭގައި އެއްވެސް ނާޒުކު މައުލޫމާތެއް ނުވަތަ ސިއްރު ސޯނާ އަދި ރާޑަރު އާލާތެއް ނުހުންނާނެ ކަމަށް ޕެންޓަގަނުން ވަނީ ބުނެފައެވެ.

އެމެރިކާގެ 2.5 މިލިއަން ޑޮލަރުގެ އަސްކަރީ ސަބްމެރިން ޑްރޯނެއް އީރާނުން އަތުލައިގެންފި

އެންޑުރިލް ކުންފުނީގެ މައުލޫމާތުތައް ދައްކާގޮތުން، 19 ފޫޓު ހުންނަ އަދި ގާތްގަނޑަކަށް 2.5 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި މި ޑްރޯނަކީ މައި ބޭސަށް އެނބުރި ނުގޮސް 10 ދުވަސް ވަންދެން 6،000 މީޓަރު އަޑީގައި މަސައްކަތް ކުރުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ.

މިއީ މައިން ސާފުކުރުމާއި، ކަނޑުގެ އަޑި މެޕުކުރުމާއި، ކޮމިއުނިކޭޝަން މައުލޫމާތު އަޑުއެހުމާއި އަދި ކަނޑުއަޑީގެ އިންފްރާސްޓްރަކްޗާ ބަލައި ފާސްކުރުމަށް ބޭނުންކުރާ އެންމެ ފަހުގެ ޒަމާނީ ވަސީލަތެކެވެ.