Skip to main content
Topic Archive

#އެމެރިކާ

305 Stories filed
އެމެރިކާއިން އިރާގަށް ނަގުދު ފައިސާގެ ގޮތުގައި 3 ބިލިއަން ޑޮލަރު ފޮނުވަނީ
Politics

އެމެރިކާއިން އިރާގަށް ނަގުދު ފައިސާގެ ގޮތުގައި 3 ބިލިއަން ޑޮލަރު ފޮނުވަނީ

އެމެރިކާގައި ބަހައްޓާފައިވާ އިރާގުގެ ބޭރު ފައިސާގެ ރިޒާވުން ކުރިއަށް އޮތް މުއްދަތުގައި ތިން ބިލިއަން ޑޮލަރުގެ ނަގުދު ފައިސާ އިރާގަށް ފޮނުވުމަށް އެމެރިކާއިން ނިންމާފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ. މި ފައިސާ އެ ގައުމަށް ފޮނުވުމަށް ހަމަޖެހިފައިވަނީ ވިދިވިދިގެން ހަ ފަހަރެއްގެ މަތިން، ކޮންމެ ފަހަރަކު 500 މިލިއަން ޑޮލަރެވެ. އެމެރިކާގެ ފެޑެރަލް ރިޒާވުން އިރާގުގެ މަރުކަޒީ ބޭންކަށް ފޮނުވާ މި ފައިސާއަކީ އެމެރިކާ ސަރުކާރުން އެ ގައުމަށް ދޭ މާލީ އެހީއެއް ނުވަތަ […]

އެމެރިކާއާއި އީރާނުގެ މަޝްވަރާތަކަށް ކުއްލި ކުރިއެރުމެއް، ޖާމިނުވަނީ ރަޝިއާ އާއި ޗައިނާ
News

އެމެރިކާއާއި އީރާނުގެ މަޝްވަރާތަކަށް ކުއްލި ކުރިއެރުމެއް، ޖާމިނުވަނީ ރަޝިއާ އާއި ޗައިނާ

އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ ނުސީދާ މަޝްވަރާތަކުގައި ބޮޑު ކުރިއެރުމެއް ލިބި، ދެ ފަރާތުގެ ދެމެދުގައި އިބްތިދާއީ ފިޔަވަޅުތަކަކަށް އެއްބަސްވެވިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ޤަތަރުން މެދުވެރިއެއްގެ ދައުރު އަދާކުރި މި މަޝްވަރާތަކުގައި އެއްބަސްވެވުނު ކަންކަން ކަށަވަރުކުރުމުގެ ބައިނަލްއަޤްވާމީ ޖާމިނުދާރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ޗައިނާއާއި ރަޝިއާއެވެ. ލަންޑަނުގައި ހިންގާ، ޤަތަރުގެ “އަލްޢަރަބީ އަލްޖަދީދު” އިން އެންމެ ފުރަތަމަ ރިޕޯޓްކުރި ގޮތުގައި، މި އިބްތިދާއީ އެއްބަސްވުމަކަށް އާދ

އީރާނުގެ ހަމަލާތަކުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް 15 ބިލިއަން ޑޮލަރުގެ ގެއްލުމެއް
War

އީރާނުގެ ހަމަލާތަކުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް 15 ބިލިއަން ޑޮލަރުގެ ގެއްލުމެއް

އީރާނުން ދިން މިސައިލާއި ޑްރޯން ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ސީދާ ގޮތެއްގައި ގާތްގަނޑަކަށް 5 ބިލިއަން ޑޮލަރުގެ މާއްދީ ގެއްލުން ލިބިފައިވާ ކަމަށް ޕެންޓަގަންގެ އަންދާޒާތަކާ ހަވާލާދީ ދަ ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިއުއެސްޖޭ) އިން ރިޕޯޓްކޮށްފިއެވެ. އަދި ހަލާކުވި ހާޑްވެއާ އާއި އޮޕަރޭޝަނަލް ގެއްލުންތައް ހިމެނުމުން މި އަދަދު 15 ބިލިއަން ޑޮލަރާ ހަމައަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ޕެންޓަގަންގެ އެސެސްމެންޓްތަކާ ހަވާލާދީ ނޫހުގައި ބަޔާންކޮށްފައިވާ ގޮތ

އީރާނާއި ދެކޮޅަށް އެޅިދާނެ އަސްކަރީ ފިޔަވަޅުތަކުގެ އައު ޕްލޭން ޓްރަމްޕަށް ކިޔައިދީފި
International

އީރާނާއި ދެކޮޅަށް އެޅިދާނެ އަސްކަރީ ފިޔަވަޅުތަކުގެ އައު ޕްލޭން ޓްރަމްޕަށް ކިޔައިދީފި

އެމެރިކާއިން އީރާނާ ދެކޮޅަށް އަލުން ބޮޑެތި އަސްކަރީ ހަރަކާތްތަކެއް ފެށުމާމެދު ވިސްނަމުންދާ ދަނޑިވަޅެއްގައި، އެ ޤައުމާ ދެކޮޅަށް އެޅިދާނެ އަސްކަރީ ފިޔަވަޅުތަކުގެ އިޚްތިޔާރުތަކާ ގުޅޭގޮތުން އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ވެރިޔާ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބުރާސްފަތި ދުވަހު ވައިޓް ހައުސްގައި މައުލޫމާތު އަރުވައިފިއެވެ. އެމެރިކާގެ ދަ ވޯލް ސްޓްރީޓް ޖާނަލް ނޫހުން އެމެރިކާގެ އޮފިޝަލުންނާއި އެ ބައްދަލުވުމުގެ މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެޑްމ

އެމެރިކާގެ ހިމާޔަތް ހޯދުމަށްފަހު ބްރެޒިލްގެ ''ރައީސަކީ'' އޭނާކަމަށް ފްލާވިއޯ އަމިއްލައަށް ޢިއުލާންކޮށްފި
International

އެމެރިކާގެ ހިމާޔަތް ހޯދުމަށްފަހު ބްރެޒިލްގެ ''ރައީސަކީ'' އޭނާކަމަށް ފްލާވިއޯ އަމިއްލައަށް ޢިއުލާންކޮށްފި

ބްރެޒިލްގެ ސުޕްރީމް ކޯޓުން ޕާސްޕޯޓް ހަވާލުކުރަން އަމުރުކޮށްފައި ވަނިކޮށް، ސިއްރިއްޔާތުގައި އެ ގައުމުން ފިލައިގެން އެމެރިކާއަށް ދިއުމަށްފަހު، ބްރެޒިލްގެ އާ ރައީސަކީ އަދި ހައްގުވެރި ވެރިޔަކީ އޭނާ ކަމަށް އެ ގައުމުގެ ކަނާތުފިޔައިގެ ރިޔާސީ ކެންޑިޑޭޓް ފްލާވިއޯ ބޮލްސޮނާރޯ އަމިއްލައަށް އިއުލާންކޮށްފިއެވެ. އާއިލާއާއެކު ފްލާވިއޯ އެމެރިކާގެ މިއާމީއަށް އެތެރެވުމާއެކު، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އޭނާއަށާއި އާއިލާއަށް އެމެރިކާގެ ވިސާ ދޭނެކަން ހާމަކޮށްފައެވެ. ނިމިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އ

އިންތިހާބަށް ފަހު އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެކަން އެމެރިކާއިން ގަލްފް ގައުމުތަކަށް އަންގައިފި
International

އިންތިހާބަށް ފަހު އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެކަން އެމެރިކާއިން ގަލްފް ގައުމުތަކަށް އަންގައިފި

އެމެރިކާގެ މިޑްޓާމް އިންތިހާބަށް ފަހު އީރާނާ ދެކޮޅަށް ކުރު ނަމަވެސް ވަރުގަދަ އަސްކަރީ ކެމްޕޭނެއް ހިންގަން ތައްޔާރުވަމުންދާ ކަމުގެ އިންޒާރު ޑިޕްލޮމެޓިކް އަދި އަސްކަރީ ވަސީލަތްތައް މެދުވެރިކޮށް އެމެރިކާއިން ގަލްފުގެ އަރަބި ގައުމުތަކަށް ދީފި ކަމަށް ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިއުއެސްޖޭ) އިން ރިޕޯޓުކޮށްފިއެވެ. މި އޮޕަރޭޝަނާ ގުޅޭ ފަހުގެ ނިންމުން ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ނުނިންމެވި ނަމަވެސް، އިންތިހާބަށް ފަހު ފުޅާ ދާއިރާއެއްގައި އަސްކަރީ ފިޔަވަޅުތަކެއް އެޅުމަށް އެމަނިކުފާނު ބުރަވެވަޑައިގަންނަވާ ކަ...

ބަންދަރު އައްބާސް މަތިން އުދުހުނު އެމެރިކާގެ ޑްރޯނެއް އީރާނުން ވައްޓާލައިފި
International

ބަންދަރު އައްބާސް މަތިން އުދުހުނު އެމެރިކާގެ ޑްރޯނެއް އީރާނުން ވައްޓާލައިފި

އީރާނުގެ ދެކުނުގައި އޮންނަ ބަނދަރުމަތީ ރަށް ކަމަށްވާ ބަންދަރު އައްބާސްގެ ވައިގެ ސަރަހައްދުން ދަތުރުކުރި އެމެރިކާ އަސްކަރިއްޔާގެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުނެފިއެވެ. އީރާނުގެ ދައުލަތާ ގުޅުން އޮންނަ މީޑިއާތަކާއި ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުތަކުން އަމާޒުކޮށް ވައްޓާލާފައިވަނީ އެމެރިކާގެ “ލޫކަސް” (ލޯ-ކޮސްޓް އަންމޭންޑް ކޮމްބެޓް އެއާ ސިސްޓަމް) މަރުކާގެ ޑްރޯނެކެވެ. އީރާނުގެ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި، އެ...

ކުޑަ ހަމަލާއެއް ދިނަސް އެތައް ގުނައެއް ވަރުގަދަ ރައްދެއް ދޭނަން: އީރާން
International

ކުޑަ ހަމަލާއެއް ދިނަސް އެތައް ގުނައެއް ވަރުގަދަ ރައްދެއް ދޭނަން: އީރާން

އީރާނާ ދެކޮޅަށް އެއްވެސް މިންވަރެއްގެ ކުޑަ އަސްކަރީ ހަރަކާތެއް ހިންގި ނަމަވެސް، އޭގެ ރައްދު އެތައް ގުނައެއް ވަރުގަދަކޮށް ދޭނެ ކަމަށް އެ ގައުމުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ހޮނިހިރު ދުވަހު އިންޒާރު ދީފިއެވެ. ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ ހަތިޔާރު އެޅި ފައުޖުތައް އޮތީ ފިޔަވަޅު އަޅަން ފުރިހަމައަށް ތައްޔާރުވެގެންނެވެ. އައިއާރްޖީސީގެ ތަރުޖަމާނު ހުސައިން މުހައްބީ ވިދާޅުވީ، ދުޝްމަނުން ދައްކަމުންދާ އަދާވާތްތެރި ވާހަކަތަކަކީ މައިގަނޑު ގޮތެއްގަ...

ދުއްވަމުންދިޔަ ސްކޫލް ބަހަށް ފުންމައިގެން އަރައި 18 ކުއްޖެއްގެ ފުރާނަ ސަލާމަތްކުރި މުސްލިމް ޒުވާނާއަށް ތައުރީފް
International

ދުއްވަމުންދިޔަ ސްކޫލް ބަހަށް ފުންމައިގެން އަރައި 18 ކުއްޖެއްގެ ފުރާނަ ސަލާމަތްކުރި މުސްލިމް ޒުވާނާއަށް ތައުރީފް

އެމެރިކާގެ މިނެސޯޓާ ސްޓޭޓްގެ ސެއިންޓް ޕޯލްގައި ދުއްވަމުންދިޔަ ސްކޫލް ބަހެއްގެ ޑްރައިވަރަށް ސިއްހީ ކުއްލި ހާލަތެއް މެދުވެރިވުމުން، ދުވެފައި ގޮސް އެ ބަހަށް އަރައި، އޭގައި ތިބި 18 ކުދިންގެ ފުރާނަ ސަލާމަތްކޮށްދިން 27 އަހަރުގެ މުސްލިމް ޒުވާނަކަށް ގިނަ ބައެއްގެ ތައުރީފު އޮހެން ފަށައިފިއެވެ. ބަސް ރައްކާތެރިކަމާއެކު ހުއްޓުވައި ދެއްކި ހިތްވަރާ ގުޅިގެން އެ ސަރަހައްދުގެ ގިނަ ބަޔަކު އަންނަނީ އޭނާ އަކީ އަގުހުރި ބަތަލެއްގެ ގޮތުގައި ސިފަކޮށް މީސް މީޑިއާގައި ލިޔަމުންނެވެ. މި ހާދިސާ […]

''އެމެރިކާ ބަލިވަނީ؟'' ޓްރަމްޕްގެ އެއް މަދަދުގާރު ބިލިއަނަރު ތީލް އީރާނު ހަނގުރާމައާ ދެކޮޅަށް ވާހަކަދެއްކި އޯޑިއޯއެއް
International

''އެމެރިކާ ބަލިވަނީ؟'' ޓްރަމްޕްގެ އެއް މަދަދުގާރު ބިލިއަނަރު ތީލް އީރާނު ހަނގުރާމައާ ދެކޮޅަށް ވާހަކަދެއްކި އޯޑިއޯއެއް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންމެ ނުފޫޒުގަދަ އަދި އަރިސް އެއް މަދަދުގާރު ކަމަށްވާ ބިލިއަނަރު ޕީޓާ ތީލް، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަތަކެއްގެ އޯޑިއޯ ލީކުވެއްޖެއެވެ. ޓެކްނޮލޮޖީ އިންވެސްޓަރު އަދި ޕޭޕަލްގެ ކޯ-ފައުންޑަރު ތީލް މި ހަނގުރާމައާ މެދު ސުވާލު އުފައްދަވާފައިވަނީ ޓެނެސީގެ ނެޝްވިލްގައި މިދިޔަ އޮކްޓޫބަރު 12 ގައި ބޭއްވި ޕްރައިވެޓް ލެކްޗަރެއްގައެވެ. ޚަބަރު ފަތުރާ މަޖައްލާއެއް ކަމަށްވާ “ޕޮލިޓިކޯ” އިން ހޯދި މި އޯޑިއޯގައި ތީލް ވިދާޅުވީ...

ހޮރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނުގެ އަތްދަށަށް؛ ތެލުގެ އަގު ހިފެހެއްޓުމުގައި އެމެރިކާ ފެއިލްވެއްޖެ
International

ހޮރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނުގެ އަތްދަށަށް؛ ތެލުގެ އަގު ހިފެހެއްޓުމުގައި އެމެރިކާ ފެއިލްވެއްޖެ

ވޭތުވެދިޔަ ފަސް މަސްދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއްގެ އަގު 113 އެމެރިކާ ޑޮލަރަށް ވުރެ މައްޗަށް އަރައިފިއެވެ. ތެލުގެ އަގު މިހާ ބޮޑަށް އުފުލިގެން ދިޔައީ ވޭތުވެދިޔަ ހަފުތާތަކުގައި ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އީރާނުން ދޭ ހަމަލާތައް ވަރަށް ބޮޑަށް އިތުރުކުރުމާ ގުޅިގެން ކަމަށްވާއިރު، މިއީ އެ ސަރަހައްދުގައި ހިނގަމުންދާ ޓޭންކަރު ހަނގުރާމައިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަލިވެފައިވާކަން ސާފުކޮށް ހާމަކޮށްދޭ ކަމެކެވެ. ދުނިޔޭގެ ބާޒ...

ކީރިތި ޤުރުއާނުގެ އާޔަތަކުން މިސާލު ނަންގަވައި، މުސްލިމުންގެ ދިފާއުގައި ކްލިންޓަން ވާހަކަދައްކަވައިފި
International

ކީރިތި ޤުރުއާނުގެ އާޔަތަކުން މިސާލު ނަންގަވައި، މުސްލިމުންގެ ދިފާއުގައި ކްލިންޓަން ވާހަކަދައްކަވައިފި

އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން، މުސްލިމުންނާ ދެކޮޅަށް ގެންގުޅޭ ތަޢައްޞުބު ކުށްވެރިކުރައްވައި، ކީރިތި ޤުރުއާނުގެ އާޔަތަކުން މިސާލު ނަންގަވައިގެން މުސްލިމުންގެ ދިފާޢުގައި ވަކާލާތު ކުރައްވައިފިއެވެ. އެމެރިކާގެ ފްލޮރިޑާގައި ބޭއްވި އެކި ދީންތަކުގެ މީހުން ބައިވެރިވި އިވެންޓެއްގައި ވާހަކަދައްކަވަމުން ކްލިންޓަން ވަނީ، މީހުންގެ ދީނީ އަޤީދާގެ ސަބަބުން އެ މީހުންގެ އަގު ވައްޓާލަން މަސައްކަތްކުރާތީ އެކަމާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވައި، އެކި ދީނީ މުޖުތަމަޢުތަކުގެ މެދުގައި އެކަކު...

އެމެރިކާގެ 'ބޮންތަކުގެ މަންމަ' އަށް ރައްދުދޭން އީރާނުން 'ބޮންތަކުގެ ބައްޕަ' ނެރެނީ
International

އެމެރިކާގެ 'ބޮންތަކުގެ މަންމަ' އަށް ރައްދުދޭން އީރާނުން 'ބޮންތަކުގެ ބައްޕަ' ނެރެނީ

އީރާނުގެ ނިއުކްލިއަރ އަދި އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމަށް އެމެރިކާއިން “މަދަރ އޮފް އޯލް ބޮމްބްސް” (ބޮންތަކުގެ މަންމަ) ގެ ނަމުން މަޝްހޫރުވެފައިވާ ޖީބީޔޫ-43/ބީ މޯބް (އެމްއޯއޭބީ) ބޭނުންކުރުމަށް ރާވަމުންދާ ކަމަށް ފެތުރިފައިވާ ރިޕޯޓްތަކާ ގުޅިގެން، އޭގެ ރައްދުގައި “ފާދަރ އޮފް އޯލް ބޮމްބްސް” (ބޮންތަކުގެ ބައްޕަ) ގެ ނަމުގައި އަމިއްލަ ހަތިޔާރެއް ދައްކާލަން ތައްޔާރުވަމުންދާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނެފިއެވެ. އައިއާރްޖީސީގެ ތަރުޖަމާނު ޙުސައިން މުހިއް...

ޗައިނާގެ އޭއައި ''ޑީޕްސީކް'' އެމެރިކާ ސަރުކާރުގެ އިދާރާތަކުގައި ބޭނުންކުރުން މަނާކޮށްފި
International

ޗައިނާގެ އޭއައި ''ޑީޕްސީކް'' އެމެރިކާ ސަރުކާރުގެ އިދާރާތަކުގައި ބޭނުންކުރުން މަނާކޮށްފި

ޗައިނާގެ މަޝްހޫރު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނި “ޑީޕްސީކް” ގެ އުފެއްދުންތަކާއި ޚިދުމަތްތައް އެމެރިކާ ސަރުކާރުގެ މަދަނީ އިދާރާތަކުގައި ގަތުމާއި ބޭނުންކުރުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މަނާކޮށްފިއެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ (ޑީއެޗްއެސް) އިން ވަނީ ސަރުކާރުގެ ސިސްޓަމްތަކުން ޑީޕްސީކްގެ އެންމެހައި ޕްރޮޑަކްޓްތަކާއި ޚިދުމަތްތައް ވަގުތުން ފޮހެލައި ނައްތާލުމަށް އެންމެހައި ފެޑެރަލް މަދަނީ އިދާރާތަކަށް ލާޒިމު އަމުރެއް ނެރެފައެވެ. ޑީއެޗްއެސް އިން ނެރުނު އެ...

މަގާމާ ހަވާލުވިތާ ހަފުތާއެއް ނުވަނީސް ޓްރަމްޕްގެ ތަރުޖަމާނު މަގާމުން ދުރަށް ދަނީ
International

މަގާމާ ހަވާލުވިތާ ހަފުތާއެއް ނުވަނީސް ޓްރަމްޕްގެ ތަރުޖަމާނު މަގާމުން ދުރަށް ދަނީ

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީގެ މަގާމާ ހަވާލުވިތާ ހަފުތާއެއްވެސް ނުވަނީސް، އަދި އެންމެ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު، ކޭޓީ ޒަކާރިއާ އެ މަގާމުން ވަކިވަމުންދާ ކަމަށް އެ ކަމުގެ މައުލޫމާތު އެނގޭ ފަރާތަކާއި ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާތަކުން ހުކުރު ދުވަހު ރިޕޯޓްކޮށްފިއެވެ. އޭނާ މަގާމުން ދުރަށް ދާން ނިންމާފައި މިވަނީ، އޭނާގެ ޕްރޮފެޝަނަލް ފަސްމަންޒަރާ ގުޅޭގޮތުން ސުވާލުތަކެއް އުފެދި، އަދި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމުގައި ހުރި އުނިކަންކަމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވެ...