ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއިން ސްޓޭޓް އޮފް ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް (ޔޫއޭއީ) ކަނޑައަޅުއްވާ ސަފީރުން މިއަދު ޢައްޔަން ކުރައްވައިފިއެވެ.

މި ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

Ad
rt

ދިވެހިރާއްޖެއިން ސްޓޭޓް އޮފް ޤަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވީ ރ. ފައިނު، ޗަމަން، އާދަމް ޝަރީފު ޢުމަރެވެ.

މީގެ އިތުރުން، އެކުވެރި ޢަރަބި އިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ޢައްޔަން ކުރެއްވީ ގ. ނޫމަރާހިޔާ، ޠާރިޤު އިބްރާހީމް (ތޯބެ)އެވެ.

މި ރަސްމިއްޔާތުގައި ދެ ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އެރުއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބޭފުޅުންނާ ބައްދަލުކުރައްވައި މަރުޙަބާ ވިދާޅުވެފައެވެ. އަދި ރާއްޖެއާއި އެ ޤައުމުތަކާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

މި ދެބޭފުޅުން ސަފީރުކަމަށް ޢައްޔަނުކުރެއްވުމާއި ހަމައަށް ތިއްބެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ ޓްދަ ލާރޖްގެ މަގާމުގައެވެ.

އާދަމް ޝަރީފް މި ސަރުކާރުކާރުގައި ފުރަތަމަ ހުންނެވީ ލޯކަލް ކައުންސިލްތަކާއި ސިޓީތަކާ ބެހޭ ވަޒީރަކަށެވެ. ތޯބެ ހުންނެވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރުގެ މަގާމުގައެވެ.