އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ (ޑަބްލިޔުޑީސީތަކުގެ) ރައީސުންގެ މުސާރަ މުރާޖަޢާކޮށް ބަދަލުގެނެސްފިއެވެ.
ނޭޝަނަލް ޕޭ ކޮމިޝަނުން އެންމެ ފަހުން ނިންމާފައި ވަނީ، ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންގެ މުސާރަ އާއި އިނާޔަތަށް 41,500 ރުފިޔާ އަދި ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންގެ މުސާރައާއި އިނާޔަތަށް 21،000ރ. ދިނުމަށެވެ. މިކަން އިއްޔެ މީޑިއާގައި އާންމުކުރުމުން ގެ އަދަދާއި މެދު އާންމު ބޮޑު ބަހުސަކަށް ވެފައި ވަނިކޮށް ޕޭ ކޮމިޝަނުން ވަނީ އަލުން ޑަބްލިޔުޑީސީތަކުގެ މުސާރަ މުރާޖަޢާކޮށްފައެވެ.
މައުލޫމާތު ލިބޭގޮތުގައި ޕޭ ކޮމިޝަނުން މިހާރު ވަނީ ސިޓީތަކުގެ އަންހެނުންގެ ކޮމެޓީގެ ރައީސުންގެ މުސާރައަށް މަހަކު 20،000ރ. ދިނުމަށާއި އަދި ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް މަހަކު 15،000ރ. ދިނުމަށް ނިންމާފައެވެ.
ސިޓީތަކުގެ އަންހެނުންގެ ކޮމިޓީތަކުގެ ނައިބު ރައީސުންނަށް އަސާސީ މުސާރަ އާއި ލިވިން އެލަވަންސާ އެކު މަހަކު ޖުމްލަ 7,000ރ. ލިބޭނެއެވެ. އަދި މެމްބަރުންނަށް ލިބޭނީ 6,000ރ. އެވެ. ރަށްރަށުގެ އަންހެނުންގެ ކޮމިޓީގެ ނައިބު ރައީސުންނަށް މަހަކު 6,000ރ. ކަނޑައަޅާފައިވާއިރު، މެމްބަރުންނަށް ލިބޭނީ 5,000ރ. އެވެ.
މީގެ އިތުރުން، ކޮމިޓީތަކުގެ ނައިބު ރައީސުންނާއި މެމްބަރުންނަށް ޖުމްލަ މުސާރަ ދިނުމުގައި އެ މީހުން ބައިވެރިވާ ބައްދަލުވުންތަކުގެ އަދަދަށް ބަލާނެއެވެ. އެގޮތުން ސީޓިން އެލަވަންސްގެ ގޮތުގައި، ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް 500ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް، ސީޓިން އެލަވަންސްގެ ގޮތުގައި އެންމެ ގިނަވެގެން މަހެއްގެ މައްޗަށް ދެވޭނީ 2,000ރ. ކަމަށް ޕޭ ކޮމިޝަނުން މައުލޫމާތު ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!