ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޒޯން އެކެއްގެ ޗެމްޕިކަން ހޯދައި ނައިވާދޫ ފުޓްސަލްގައި ކުރަމުން އަންނަ ރަސްކަން ދަމަހަަަައްޓައިފިއެވެ.
ނައިވާދޫ ޒޯން އެކެއްގެ ޗެމްޕިއަންކަން ދިފާއުކުރީ މިރޭ ކުޅުނު ފައިނަލް މެޗުގައި ހއ. އަތޮޅު ޗެމްޕިއަން 6-1ގެ ބޮޑު ތަފާތަކުން ބަލިކޮށްގެންނެވެ.
މި މެޗުގައި ނައިވާދޫގެ ޖޯޒީ ނަންބަރު 29 އަބުދުﷲ ވިސާމް ވަނީ ތިން ލަނޑުޖަހައި ހެޓްރިކް ހަދާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެސް އޭނާ އެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމާއި އަދި ބެސްޓް ޕްލޭޔަރ މަގާމުވެސް ލިބުނީ ވިސާމް އަށެވެ.
ނައިވާދޫގެ އަނެއް ތިން ލަނޑު ޖަހައިދިނީ ޔާމީން މުހައްމަދު، މުހައްމަދު އަސްލަމް އަދި އަބުދުﷲ ޝާފިއު އެވެ. މި މެޗުގައި މާރަންދޫގެ ހަމައެކަނި ލަނޑު ޖަހައިދިނީ ހަސަން އަސްލަމްއެވެ.
މުހިންމު ތިން ކުޅުންތެރި ނެތި ނުކުނެ ނައިވާދޫ 8 ވަނަ ފަހަރަށް ތަށި ހޯދައިފި
މި ތައްޓާއެކު ނަައިވާދޫ ވަނީ މި މުބާރާތުގައި ޒޯން 1ގެ ޗެމްޕިއަންކަން ޖުމްލަ ހަތަރު ފަހަރު ހޯދާފައެވެ. އެއީ 2026 ވަނަ އަހަރުގެ އިތުރުން 2025، 2023 އަދި 2018 ވަނަ އަހަރު އެވެ.
ނައިވާދޫ ވަނީ މި މުބާރާތުގެ ހދ.އަތޮޅުގެ ޗެމްޕިއަންކަން 2016، 2018، 2019، 2022، 2023، 2024، 2025 އަދި 2026 ގައި ހޯދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!