ތަށި ހޯދައިދިން ގައުމީ ފުޓްސަލް ޓީމަށް ރައީސްގެ ސާބަހާއި ޝުކުރު
ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި، މުބާރާތުގެ އެއް މެޗު ބާކީ އޮއްވާ ރާއްޖޭގެ ގައުމީ ޓީމުން ކަށަވަރުކުރުމާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ޓީމަށް ސާބަހާއި ޝުކުރު އަދާކުރައްވައިފިއެވެ. ރާއްޖެއިން މި ތާރީޚީ ކާމިޔާބީ ހޯދީ މިއަދު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްގެންނެވެ. މި ކާމިޔާބީއާ ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުޅިވަރުގެ މައިދާނުގައި ދިވެހި ހިތްވަރުގަދަ ދަރީން ހޯދަމުންދާ ރަން ވަނަތަކަކީ ޤައުމުގެ މުސްތަޤުބަލަށް އުޖާލާކަން ލިބޭ […]