ކޮމަންވެލްތު ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް އެންޓީގާއަށް ފުރާވަޑައިގެންފި
ކޮމަންވެލްތު އިސްވެރިންގެ 28 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް މިއަދު އެންޓީގާ އެންޑް ބާބިޔުޑާއަށް ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ނައިބު ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އެންޓީގާގައި ކުރިއަށްދާ މި ބައްދަލުވުމުގެ ތެރެއިން، ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ގިނަ ދަންފަޅިތަކުގައި ނައިބު ރައީސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދަންފަޅިތަކުގައި އެމަނިކުފ