ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ތިލަދެކުނު ވޮލީ މުބާރާތް 2025" ގެ ފައިނަލު މެޗުތައް މިއަދު ކުޅޭނެއެވެ.

މި އަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގެ މެޗުތައް ވެސް ކުރިއަށް ދަނީ ނައިވާދޫގައެވެ.

Ad
rt

މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް މެޗު ކުޅުމަށް ތާވަލު ކޮށްފައި ވަނީ މިއަދު ހަވީރުއެވެ. ހަވީރު 16:00 ގައި ފަށާ މި މެޗުގައި ބައްދަލުކުރާނީ ހަނިމާދޫ ސާއްބަ އެކުވެރި ކްލަބާއި ފިނޭ ޑެޒަޔަރ ކްރޫ ސްޕޯޓްސް ކްލަބެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލުގައި ބައްދަލުކުރާނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އާއި ނޮޅިވަރަން ޒުވާނުންގެ ގުޅުމެވެ. މި މެޗު ފަށެމަށް ތާވަލު ކޮށްފައި ވަނީ މިރޭ 20:15 ގައެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަންގައި 8 ޓީމެއް ވާދަކުރިއެވެ. އެ ޓީމްތަކަކީ:

ކްލަބް ކޮރަލްސް (ކުޅުދުއްފުށި)

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ (ހަނިމާދޫ)

ކުމުންދޫ ސްޕޯޓްސް ކްލަބް (ކުމުންދޫ)

ނޮޅިވަރަމް ޒުވާނުންގެ ގުޅުން (ނޮޅިވަރަމް)

ނައިވާދޫ ޓްރެއިނާސް ސްޕޯޓްސް ކްލަބް (ނައިވާދޫ)

ވީއައިއޭ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބް (ފިނޭ)

ނިކަސިޓީ ސްޕޯޓްސް ކްލަބް (ނެއްލައިދޫ)

އާރޯ (ވައިކަރަދޫ)

މި މުބާރާތުގެ އަންހެން ޑިވިޝަންގައި 6 ޓީމެއް ވާދަކުރިއެވެ. އެ ޓީމްތަކަކީ:

އަޅޭ ސްޕޯޓްސް ކްލަބް (ނައިވާދޫ)

ދެޒަޔަރ ކްރޫ ސްޕޯޓްސް ކްލަބް (ފިނޭ)

ސާއްބަ އެކުވެރި ކްލަބް (ހަނިމާދޫ)

ކުމުންދޫ ސްޕޯޓްސް ކްލަބް ( ކުމުންދޫ)

ކްލަބް ސެނަން (ނޭކުރެންދޫ)

ސޮސައިޓީ ފޯ ކުޅުދުއްފުށި ޔޫތު (ކުޅުދުއްފުށި)

މި މުބާރާތުގެ ޗެމްޕިއަން ޓީމްތަކަށް 50000 (ފަންސާސް ހާސް) ރުފިޔާ، އަދި ރަނަރަޕް ޓީމްތަކަށް 25000 (ފަންސަވީސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.