ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް މޭޖަރ ޖެނެރަލް އަބްދުއްރަހީމް އަބްދުލް ލަތީފް ހަމަޖައްސަވައިފި އެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އަބްދުއްރަހީމް ޢައްޔަނު ކުރައްވައި، އެ މަގާމުގެ ފަތްކޮޅު އޭނާއަށް ހަވާލުކޮށްފައި ވަނީ ރައީސް އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއް ގައެވެ.

Ad
rt

އެ މަގާމަށް އަބްދުއްރަހީމް ޢައްޔަނުކުރެއްވިއިރު އޭނާ ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައެވެ.

ނިމިދިޔަ ސަރުކާރުގައި ޗީފް އޮފް ޑިފެންސް ފޯސް މަގާމުގައި ހުންނެވީ ލެފްޓިނެންޓް ޖެނެރަލް ޢަބްދުﷲ ޝަމާލް އެވެ. ޝަމާލް ވަނީ މަގާމުން ރިޓަޔާ ކުރައްވާފައެވެ.

މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް ޢައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ.

އައު ޑިފެންސް މިނިސްޓަރަކަށް މިރޭ ޢައްޔަނު ކުރައްވާފައި ވަނީ މުޙައްމަދު ޣައްސާން މައުމޫން އެވެ.