ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުން ތަރައްޤީކުރި "އަހްމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލް" މިއަދު ހުޅުވައިފިއެވެ.
މި ސްކޫލް ހުޅުއްވައި ދެއްވީ ރައީސުލްޖުމްޙޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.
މި ސްކޫލަކީ 824 ކުދިންނަށް ޖާގައިގެ ސްކޫލެކެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުޅުވޭ ފުރަތަމަ ސްކޫލްގެ ގޮތުގައި އަހްމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލް މިއަދު ހުޅުވިއިރު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު ވެސް އިތުރު ދެ ސްކޫލެއް އެޅުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ.
އަންނަ މަހުގެ ތެރޭގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޖަމީލް ދީދީ ޕްރީ ސްކޫލުގެ ނަމުގައި ދެވަނަ ސްކޫލެއް ވެސް ހުޅުވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ކުރިން ހާމަ ކުރަށްވާފައެވެ. އެއީ 800 އެއްހާ ކުދިންގެ ޖާގައިގެ ސްކޫލެކެވެ.
ގެއިތުރުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ސީއެޗްއެސްސީގެ އާ އިމާރާތާއި، ކުވެއިތުގެ އަލް ޖެރީ ހޯލްޑިން ގްރޫޕުން ހަދަމުންދާ އަޖިއަލް ބައިލިންގުއަލް ސްކޫލް އަންނަނީ ޢިމާރާތްކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!