ހިޔާ އެޕާޓްމަންޓެއްގައި އަލިފާން ރޯވެ، ބަދިގެ ބޭނުންނުކުރެވޭ ވަރަށް އަނދައިފި
ހުޅުމާލޭގެ ހިޔާ 11 ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި މިއަދު ހަވީރު އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ގޭގެ ބަދިގެ ބޭނުންނުކުރެވޭ ވަރަށް އަނދައި ގެއްލުން ވެއްޖެ އެވެ. މި ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، ހިޔާ 11 ވަނަ ޓަވަރުގެ 23 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެ އޮތޯރިޓީން ހަރަކާތްތެރިވެފައިވާ ކަމަށެވެ. މި ހާދިސާގައި އެޕާޓްމަންޓުގެ ބަދިގެ ބޭނުންނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ […]