ހއ. ބާރަށް ނެރު އަދި ބަނދަރު ސަރަޙައްދު ފުންކުރުމުގެ މަޝްރޫޢުގެ ދަށުން، ކުރިން ފުންކޮށްފައިވާ ހާބަ ބޭސިން އަލުން ފުންކުރުމުގެ މަސައްކަތް ނިމުމަކާ ގާތް ވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި މަސައްކަތުގެ 75 އިންސައްތަ ވަނީ ނިމިފައެވެ.

Ad
rt

މި މަޝްރޫޢުގެ ދަށުން، 28،101 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މިއީ 12.17 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.