ޑައިވިންއަށް ގޮސް އުޅެނިކޮށް މި މަހުގެ 2 ވަނަ ދުވަހު ގެއްލިފައިވާ ފުވައްމުލަކު ސިޓީގެ މުޙައްމަދު ސައީދު (ސައިއްޓޭ) ހޯދަމުން ދަނިކޮށް ޑައިވް ބެލްޓެއް ފެނިއްޖެއެވެ.
ސައީދު ގެއްލުނީ މަހުމޫދު ފާއިޒު ދެ މީހުން ފަން ޑައިވިންއަކަށް ގޮސް އުޅުމުގެ ތެރޭގައި މި މަހުގެ 2 ވަނަ ދުވަހު މެންދުރު ފަހުއެވެ. އެ ދެ މީހުން ޑައިވިންއަށް ފޭބީ މެންދުރު 14:30 ހާއިރުއެވެ. ސައީދު ގެއްލިގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައި ވަނީ 15:36 ހާއިރު އެވެ.
އެމްއެންޑީއެފުން މިއަދު ވިދާޅުވީ، ސައީދު ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގައި މޭ 4 ވަނަ ދުވަހު ކޯސްޓްގާޑުގެ ޑައިވަރުން 4 ޑައިވެއް ނިންމާފައިވާ ކަމަށެވެ.
"މިއަދު ކުރެވުނު ޑައިވްއެއްގައި އެ ސަރަޙައްދުގެ 68 މީޓަރު އަޑީން ޑައިވް ބެލްޓެއް ވަނީ ފެނިފައި" އެމްއެންޑީއެފުން ވިދާޅުވިއެވެ.
ސައިދު ހޯދުމުގެ ތެރޭގައި އިއްޔެ ވަނީ އޭނާ މަސް ހިފަން ބޭނުންކުރި ކަމަށް ބެލެވޭ އެއްޗެއް ވެސް ފެނިފަ އެވެ. އެ އާލާތް ފެނުނީ 59 މީޓަރު އަޑިންނެވެ.
ސައީދު ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާއިރު ސައީދު ޑައިވިންއަށް ފޭބި ވައްމުލަކު "ޓައިގާ ޝާކް" ޑައިވިންގ ޕޮއިންޓް އިން ފެށިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑް ހާބަރ ޕެޓްރޯލް އުޅަނދުން އަންނަނީ ކަނޑުގެ ސަރަޙައްދު ބަލަމުންނެވެ. އަދި އިއްޔެއިން ފެށިގެން އޮޕަރޭޝަން އިތުރަށްފުޅާކޮށް، އެމްއެންޑީއެފް ޑޯނިއާއާއި ހެލިކޮޕްޓަރު ވެސް ދަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!