މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތުގެ ޝައުނާ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އިންތިޚާބުގައި އެ މަޤާމަށް ވާދަކުރަށްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) އަށް ތާއީދު ކުރައްވާކަން ހާމަކުރައްވައިފިއެވެ.

ވީޑީއޯ މެސެޖެއް މެދުވެރިކޮށް މިނިސްޓަރު ޝައުނާ އަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވަމުން މިނިސްޓަރު ޝައުނާ ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުރިކަމަށާއި، އަދި އެ މަސައްކަތްތައް ވެސް ކުރަންޖެހޭނީ ޕާޓީއާއި އެކުގައި ކަމަށް ވިދާޅުވެފައެވެ.

Ad
rt

އެހެންކަމުން ޖުމްލަކޮށް ބަލާއިރު މި ހުރިހާ ކަމެއް ކުރުމަށް ޗެއާޕާސަން ކަމަށް އިންތިހާބު ކުރުމަށް އެންމެ މުހިންމީ އަދި އެ ކަން ކުރެވޭނެ ބޭފުޅަކީ އޭނާ ގަބޫލުކުރައްވާ ގޮތުގައި ފައްޔާ ކަމަށް ޝައުނާ ވިދާޅުވި އެވެ.

ޝައުނާގެ މި ވާހަކަފުޅަށް އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ފާޑު ވިދާޅުވެފައެވެ. އެކަމަށް ރައްދު ދެއްވައި ނަޝީދު މިއަދު މީސްމީޑިއާ މެދުވެރިކޮށް ވިދާޅުވީ ޝައުނާގެ އަމިއްލަ ވަޒީފާގެ އެދުމަށް ފަހިކޮށް އެމްޑީޕީއަކީ ކޮބާކަން ބަޔާން ކުރައްވަން ނޫޅުއްވުމަށް އެދޭ ކަމަށެވެ.

"އެމްޑީޕީގެ އާއްމު މެމްބަރުންނަށް އެމްޑީޕީއަކީ ކޮބާކަން ވަރަށް ސާފު،" ނަޝީދު ވިދާޅުވިއެވެ.

ފައްޔާޒުގެ ފަޅި ޝައުނާ ނެންގެވިއިރު, އޭނާއަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.