ކަން މިހާރު ހިނގަމުންދާ ގޮތުން އެންމެފަހުން މަޖިލިސް ރައީސް މުޙައްމަދު ނަޝީދު މަޖިލިސް ރައީސްކަމުން ވަކިކޮށްފާނެހެން ހީފުޅުވާކަމަށް އިދިކޮޅު ޕީޖީ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް މިހެން ވިދާޅުވީ، މިއަދުގެ ޖަލްސާއަށް އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު، ގއ. ވިލިނގިލި ހޮސްޕިޓަލަށް ގެންދިޔަ ބަލި މީހަކަށް ފަރުވާ ދިނުން ލަސްވެ އެކަމުގައި އިހްމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލައި ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލި ބޭރުކޮށްލުމަށް އިޝާރާތް ކުރަށްވައި ދެއްކެވި ވާހަކާގައިއެވެ.
އޭނާ ވިދާޅުވީ، މިއަދުގެ ޖަލްސާ ފެށިގެން ދިޔައީ ކުއްލި މައްސަލައަކުން ކަމަށާއި، އެ މައްސަލަ ބޭރުކޮށްލި ނަމަވެސް އިދިކޮޅުން ކުރާ މަސައްކަތް ހުއްޓައި ނުލާނެކަމަށެވެ.
"މިއަދުގެ ކުއްލި މައްސަލަ ވަނީ ތަޅުމުން ބޭރުކޮށްލާފައި، އަޅުގަނޑަށް ހީވަނީ މިހެން މިކަން ހިނގަމުން ހިނގަމުން ގޮސް އެންމެފަހުން މަޖިލިސް ރައީސް ތިޔަ ގޮނޑިން ބޭރުކުރާ ހިސާބަށް ވެސް މިކަން ދާނެހެން" އާދަމް ޝަރީފް ވިދާޅުވިއެވެ.
އަދި ކަންކަން އެހެން މެދުވެރިވިނަމަވެސް ވާދަވެރި ފަރާތްތަކުން ރައްޔިތުންގެ ވާހަކަތައް މަޖިލިސް ތަޅުމަށް ގެނައުމުގައި ފަސް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލިސް ރައީސް ނިންމަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް އެމްޑީޕީން ނިންމާފަ، އެހިސާބުން ރައްޔިތުންގެ މަޖިލިސް ވަކިވެވަޑައިގަންނަވާނީތޯ، ނޫނީ މިކަމަށް ރައީސް ނިންމަވާނެ ގޮތެއް، ރައީސްގެ ހިތްވަރަށް ހަމަ ޝުކުރު އަދާކުރަން" އާދަމް ޝަރީފް ވިދާޅުވިއެވެ.
މިހެން ހުރި މައްސަލަތައް ހުށަހެޅުން ހުއްޓާ ނުލައްވާނެކަމަށް ވިދާޅުވި ވިދާޅުން ތަކުރާރު ކުރައްވަމުން އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް މިހާރު އުންމީދެއް ލިބެމުންދާ ކަމަށެވެ. އެއީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއްގެ ކެމްޕެއިންގައި ނަމަވެސް އެމްޑީޕީގެ މެންބަރުން މި ސަރުކާރަށް "މިކަމެއް ނުކުރެވުނޭ ވިދާޅުވަމުން" ކަމަށް ވިދާޅުވިއެވެ.
"މި ސަރުކާރަކަށް މަސްވެރިން ބާނާ މަސްކޮޅެއް ކިރައެއް ނުލެވުނޭ، ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް އެބަހުއްޓޭ، މި އޮޑި ފަރަށް އަރައިފާނޭ، އަރައިފިއްޔާ ލިބޭ ގެއްލުން މާ ބޮޑުވާނޭ، މިކަހަކަ ވާހަކަ ދައްކަން ފެއްޓީމަ ކޮންމެވެސް ވަރެއްގެ އުންމީދެއް ލިބޭ،" އޭނާ ވިދާޅުވިއެވެ.
ނަމަވެސް ހިތާމައަކީ ސަރުކާރުގެ ވުޒާރާތަކުގެ މެދުގައި ގުޅުމެއްނެތުން ކަމަށާއި، ލާމަރުކަޒީ ނިޒާމްގެ ވާހަކަ ދެއްކި ނަމަވެސް އެކަން ވެސް ކޮށްފައި ވަނީ މޮހޮނަށް އޮޑިދީފައި އޮތްހެން ކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!