ފެނަކަ ކޯޕަރޭޝަންގެ ސީއެސްއާރުގެ ދަށުން އަނެއްކާ ވެސް ށ. ކޮމަންޑޫ މިސްކިތްތަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ފެނަކައިން މިފަހަރު ކޮމަންޑޫ މިސްކިތްތަކަށް ހަދިޔާ ކުރި 8 ލައުޑް ސުޕީކަރެވެ.
ކޮމަންޑޫ ކައުންސިލުން ވިދާޅުވި ގޮތުގައި، ފެނަކަ ސީއެސްއާރު ގެ ދަށުން، އެރަށު މިސްކިތްތަކައް ބޭނުންވާ 8 ލައުޑް ސުޕީކާ ވަނީ އެ ކައުންސިލާ ހަވާލުކޮށްފައެވެ.
މި މަހުގެ 20 ވަނަ ދުވަހު ވެސް ފެނަކައިން ވަނީ ކޮމަންޑޫ މިސްކިތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެ ފަހަރު ހަދިޔާ ކޮށްފައި ވަނީ 24000 ބީޓީޔޫގެ 6 އޭސީއެވެ.
ފެނަކައިގެ ސީއެސްއާރުގެ ދަށުން ކޮމަންޑޫގެ މިސްކިތްތަކައް އޭސީ ހަދިޔާކޮށްފި
ފެނަކައިން މީގެކުރިން ވަނީ އެރަށުގެ ސިއްޚީ މަރުކަޒަށް ވެސް އެހީތެރިކަން ދީފައެވެ. މިގޮތުން މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެ މަރުކަޒަށް 4 އޭސީއާއި ޓީވީއެއް ހަދިޔާއެއްކޮށްފަ ވެއެވެ. އެއީ އެ މަރުކަޒުގެ ވާޑް އަޕްގުރޭޑް ކުރުމަށް ބޭނުން އެހީތެރިކަމެކެވެ.
ފެނަކައިގެ ފަރާތުން އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެކުންފުނިން ޚިދުމަތްދޭ ރާއްޖޭގެ އެކި ރަށްރަށަށް މިފަދަ ގިނަ އެހީތަކެއް އަންނީ ފޯރުކޮށްދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!