ހދ. ކުރިނބީ ކުޑަކުދިންގެ ޕާކު އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިއަދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އޮންލައިން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ރަޖިސްޓަރީގެ ކަންކަން ނިންމެވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
އޮންލައިން ފޯމް: https://shorturl.at/wEKLU
މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 01 މާޗް 2022 ވަނަ ދުވަހުގެ 13:00 ގައި ކުރިނބީ ކައުންސިލް އިދާރާގައެވެ.
ހުށަހަޅާ އަންދާސީހިސާބު އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ކަމަށާއި ސިޓީއުރައިގެ ބޭރުގައި "ހދ.ކުރިނބީ ކުޑަކުދިންގެ ޕާކުގެ މަސައްކަތް ކުރުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުންމަށް ބާއްވާ ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 03 މާޗް 2022 ވަނަ ދުވަހުގެ 13:00 ގައި އެ ކުރިނބީ ކައުންސިލް އިދާރައިގައި ކަމުގައި އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
މި މަސައްކަތް ކުރިމަތި ލުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.
މި މަސައްކަތަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައި ވަނީ އެންމެ ކުޑައަގަށް 85 ޕޮއިންޓް، އެންމެ ކުރު މުއްދަތަށް 10 ޕޮއިންޓް، ތަޖުރިބާއަށް 5 ޕޮއިންޓުކަމަށް އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!