މަޖިލީހުގެ މިހިނގާ ދައުރަށް ސަރުކާރުގެ ފަރާތުން 32 ބިލެއް ހުށައަޅަނީ

Mjlis19

ވަޒީފާއެއް ހޯދަން މަސައްކަތްކުރާ މީހުންނަށް އެލަވަންސް ދިނުމުގެ ބިލާއި، އާމްދަނީން ޓެކްސް ނެގުމުގެ ބިލާއި، ފެނާއި ނަރުދަމާގެ ބިލާއި އަދި ބޯހިޔާވަހިކަމުގެ ބިލު ހިމެނޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ މިހިނގަމުންދާ ދައުރަށް 32 ބިލެއް ހުށަހަޅާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބުނެފި އެވެ.

މިބިލުތަކުގެ އިތުރުން މަޖިލީހަށް އަލަށް ތައާރަފްކުރުމަށް ސަރުކާރުން ފޮނުވާ ބިލްތަކުގެ ގޮތުގައި ހިމެނެނީ ފޮރިން އިންވެސްޓްމަންޓްގެ ބިލާއި، ޗާޓާޑް އެކައުންޓެންޓުންގެ ބިލާއި، މަދަނީ އިޖްރާއާތުގެ ބިލާއި، ޓެނަންސީ ބިލުގެ އިތުރުން އިންތިގާލީ އަދާލަތުގެ ބިލާއި ތައުލީމުގެ ބިލާއި މަތީ ތައުލީމުގެ ބިލާއި ކްލައިމެޓް ރެސިލިއަންސާބެހޭ ބިލާއި ފޮރެސްޓްރީގެ ބިލާއި ޖަމްއިއްޔާތަކާ ބެހޭ ބިލެވެ.

ސަރުކާރުގެ ފަސް އަހަރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ތެރޭގައި 200 އަށް ވުރެ ގިނަ ބިލް މަޖިލީހަށް ހުށަހަޅަން ހިމަނައި، އޭގެ ތެރެއިން ބައެއް ބިލްތަކުގެ މަސައްކަތް މަޖިލީހުން ނިންމައި ފާސްކޮށްފައިވާއިރު، އިތުރު ބައެއް ބިލްތައް މަޖިލީހަށް މިހާރު އޮތީ ހުށަހެޅިފަ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *