•  
  •  
  •  
  •  
  •  
  •  

ލާމަރުކަޒު ކުރުމުގެ ވާހަކައިގެ ދެވަނަ ބާބަށް ޖެހިލާނަމެވެ.

މަސްވެރިކަމަށް ދެވިހިފާފައި ހުރިމީހަކަށް، ދުވަހުގެ މަސައްކަތް ނިންމާލާފައި މަސްވެރިކަމުގެ ފިކުރުދޫކޮށްލާ ދަނޑުވެރިކަން ކުރިއަރުވަން ހޭބޯނާރާ އުޅެވޭނެކަމަށް ބުއްދިއަކަށް ގަބޫލެއް ނުކުރެވެއެވެ. ލާމަރުކަޒުކުރުމަށް ޖެހިފައި މިއޮތީ އެކަހަލަ ދަތުރެކެވެ.

ލާމަރުކަޒުކުރުމުގެ އަމުރުހިންގާ އިދާރާ ނުވަތަ ގަވަންމަންޓް އޮތޯރިޓީ ހުންނަނީ މަރުކަޒީ ވެރިރަށުގެ ފަސްގަނޑުގައެވެ. އެތަނުގައި ތިބޭ އެންމެންނަކީ މަރުކަޒީވިސްނުމުގެ އެމަގަށް ހިތްކިޔާފައިތިބި، އެނޫންގޮތެއް ނެތްކަމަށް ގަބޫލުކޮށް މަރުކަޒުވެގެން ތިބިމީހުންނެވެ.

އާދޭހެވެ. ލާމަރުކަޒުގެ ޖޯޝާއި ފިކުރު ހުންނާނީ ލާމަރުކަޒުގައި ބަގުޑިބައްދައިގެން ޖަޒީރާވަންތަކަންމަތީ ރަށުގައި ތިބިމީހުންގެ އެވެ. އެހެންކަމަށްވީއިރު، ލާމަރުކަޒުކުރުމުގެ އަމުރުހިންގާ އިދާރާގައި ތިބެންވާނީ އެމީހުންނެވެ. އެންމެ މަތިން ތިރިއަށެވެ.

ހަގީގީމާނާގައި ލާމަރުކަޒު ކުރުމަށް ހިތުގެއަޑީން އެކަމަށް އެދިގެން އެކަން ކުރަން ބޭނުންވަންޏާ އެއިދާރާ ހުންނާނީ ލާމަރުކަޒީ ފަސްގަނޑެއްގައެވެ. ކުޅުދުއްފުށި ވަރަށް ރަގަޅު ވެދާނެއެވެ.

އަދި އިދާރާ ހިންގުމުގެ ބަޖެޓަށް ދައުލަތުގެ ބަޖެޓުގެ 3 އިންސައްތަ ދޭންވާނެއެވެ. މާނައަކީ ސިޔާސީ ފިކުރުފައްކާކޮށް ދެމެހެއްޓުމަށް ޕާޓީތަކަށްދޭ މިންވަރަށްވުރެ އިތުރު އަދަދެއް ދޭންވާނެއެވެ. ދެންއޮތީ ތިންވަނަ ބާބެވެ. އެބައާދެއެވެ.

ޚިޔާލު

Your email address will not be published.

More in ރިޕޯޓް