އެމެރިކާ އަދި ޔޫރަޕްގައި ހިންގި ޑާކް ވެބް އިލިގަލް ޑްރަގް އޮޕަރޭޝަނެއްގައި 150 މީހުން ހައްޔަރުކޮށް، 31 މިލިއަނަށްވުރެ ގިނަ ޑޮލަރު އަތުލައިގެންފިއެވެ.

އެމެރިކާގެ ކައުންޓަރ ޑްރަގްސް އޭޖެންސީއިން ހިންގި ޑާކް ވެބް ނެޓް އިލީގަލް ޑްރަގްގެ ޚާއްސަ އޮޕަރޭޝަންގައި، އެމެރިކާގެ 14 ސްޓޭޓަކާއި ޔޫރަޕުގެ ހަތް ގައުމަކުން ޖުމްލަ 150 މީހުން ހައްޔަރުކޮށްފައިވެއެވެ. މީގެ ތެރޭގައި އެމެރިކާގެ 65 މީހުންނާއި ޔޫރަޕުގެ ގައުމުތަކަށް ނިސްބަތްވާ 85 މީހަކު ވަނީ ހައްޔަރުކުރެވިފައެވެ.

Ad
rt

މި އޮޕަރޭޝަނުގައި އިލީގަލް ޑްރަގްގެ މުއާމަލާތްތަކަށް ބޭނުންކޮށްފައިވާ ކްރިޕްޓޯ ކަރެންސީއާއި ގަނޑު ފައިސާއާއި އެކު ޖުމްލަ 31 މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު އަތުލައިގެނެވިފައިވާކަމަށް އެމެރިކާގެ އެ އެޖެންސީއިން ހާމަކޮށްފައިވެއެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓްއިން ހާމަކޮށްފައިވާ ގޮތުގައި، ޑާކް ވެބް ނެޓްއަކީ މިހާރަކަށް އައިސް ގިނަ އަދަދަކަށް ޑްރަގްގެ މުޢާމަލާތްކުރެވޭ ތަނަކަށްވާއިރު، މިއޮޕަރޭޝަންއަކީ މިގޮތަށް ޑްރަގްގެ މުޢާމަލާތްތައްކުރާ މީހުން އަތުލައިގަތުމަށް ހިންގުނު ޚާއްސަ އޮޕަރޭޝަނެއްކަމަށް ބުނެފައިވެއެވެ.

އަދި މިއޮޕަރޭޝަންގައިވެސް ޑްރަގް ބާވަތެއްކަމަށްވާ ޕާޓީ ޑްރަގްސްގެ މުުޢާމަލާތްތައް ގިނަ ކަން ވަނީ ފާހަގަކޮށްފައެވެ. އަދި ޑްރަގްގެ ބާވަތްތައްކަމަށްވާ، ފެންޓަނީލް، އޮކްސީކޯޑޯން، އެމްޕެޓަމައިން، ކޮކެއިން އަދި އެކްޓަސީ ހިމެނެއެވެ.

ޖަސްޓިސް ޑިޕާޓްމެންޓްއިން ހާމަކޮށްފައިވާ ގޮތުގައި އެމެރިކާއިން ޓާގެޓްކޮށް އަތުލައިގެންފައިވަނީ ޑާކް ވެބް ނެޓް ބޭނުންކޮށްގެން ޑްރަގްގެ މުޢާމަލާތްކުރާ ދެ ހިސާބެއްކަމަށްވާ ފްލޮރިޑާ އަދި ރޯޑް އައިލްންޑްގެ މުއާމަލާތްތައް ކަން ފާހަގަކޮށްފައިވާއިރު، މިމީހުން މުޅި އެމެރިކާއަށް ޑްރަގް ވިއްކާފައިވާކަންވެސް އޮޕަރޭޝަނުން ހާމަވާކަމަށް އޮފިޝަލުންބުނެއެވެ.

އެމެރިކާގެ އިތުރުން ޔޫރަޕުން މި އޮޕަރޭޝަން ޓާގެޓްކޮށްފައިވާ ގައުމުތަކަކީ، ބަލްގޭރިއާ، ފްރާންސޭސްވިލާތް، ޖަރުމަނުވިލާތް، އިޓަލީ، ނެދާލޭންޑްސް، ސްވިޒާލޭންޑް އަދި އިނގިރޭސިވިލާތް ހިމެނެއެވެ.

މިއޮޕަރޭޝަންތައް ހިންގުމުގައި އޮސްޓްރޭލިއާއިން އެމެރިކާއަށް ބޮޑު އެހީތެރިކަމެއްދީފައިވާކަމަށް އެމެރިކާއިން ވަނީ ހާމަކޮށްފައެވެ.

ޑާކް ނެޓް ވެބްއިން ޑްރަގްސްގެ މުޢާމަލާތްތައް ކުރަމުން އަންނަ އަދަދު އިތުރުވެފައިވަނީވެސް ކޮވިޑް 19 އާއި ގުޅިގެންކަމަށް އެމެރިކާގެ ކަމާއި ބެހޭ އިދާރާއިން އަންނަނީ ފާހަގަކުރަމުންނެވެ.