މަދީނާގައި ހުންނަ މުސްލިމުންގެ ދެވަނައަށް އެންމެ މުގައްދަސް ބިނާކަމުގައިވާ އަދި ކީރިތި ރަސޫލާއަށް ނިސްބަތްވާ މަސްޖިދުލް ނަބަވީއަށް ކޮވިޑް 19 އާއި ގުޅިގެން ކުޑަކުދިން ވަނުމާއި ނަމާދުކުރުން ވަނީ މަނާކޮށްފަ އެވެ.

ކޯވިޑް19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ 2 ޑޯޒް ހަމަކޮށްފައިވާ އުމުރުން 12 އަހަރާއި 18 އަހަރު ކުދިންނަށް މަސްޖިދުލް ނަބަވީގައި ނަމާދުކުރުމުގެ ހުއްދަ ދީފައިވާކަމަށް ސައުދީ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

Ad
rt

އަދި ވެކްސިންގެ 2 ޑޯޒް ހަމަކޮށްފައިވާ ކުދިންނަށް އުމްރާވުމުގެ ހުއްދަވެސް ވަނީ ދެއްވާފައެވެ.

ސައުދީގެ މިނިސްޓްރީ އޮފް ހެލްތް އިން އެޤައުމުގެ 12 އަހަރާއި 18 އަހަރުގެ ކުދިންނަށް ވެކްސިން ދޭން ފަށާފައިވަނީ ޖޫންމަހުގެ 30 އިން ފެށިގެންނެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮރޯނާ ވައިރަސް ހަލުވިކަމާއި އެކު ފެތުރެމުންދިއުމާއި ގުޅިގެން މި ބަލީގެ ނުރައްކާ ކުޑަކުދިންނަށް އޮތް މިންވަރު ބޮޑުކަން ފާހަގަކޮށް ސައުދީއިން ވަނީ މަސްޖިދުލް އަލް ނަބަވީގައި ކުޑަކުދިން ނަމާދުކުރުމާއި މިސްކިތައް ވަދެ ނިކުމެ ހެދުން މަނާކޮށްފައެވެ.

މުޅިދުނިޔެއަށް ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޮރޯނާވައިރަސްއާ ގުޅިގެން ސައުދީ އަރަބިއްޔާގެ ހުރިހާ މިސްކިތްތަކެއްގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައިވަނީ މިދިޔަ އަހަރުގެ މާޗްމަހު އެވެ. ދެމަހަށްފަހު އަލުން ވަނީ ހާއްސަ ފިޔަވަޅުތަކާއިއެކު ހުޅުވާލާފަ އެވެ.

މަސްޖިދުލް ނަބަވީ އަކީ ރަސޫލުﷲ صلى الله عليه وسلم އެކަލޭގެފާނުގެ މާތް އަތްޕުޅުން އެޅުއްވި އަދި މި ދުނިޔެމަތީގައި އެކަލޭގެފާނު صلى الله عليه وسلم އަށް ނިސްބަތްވާ ހަމައެކަނި ބިނާއެވެ.