ޔަމަންގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި
ޔަމަންގެ ހޫތީ ޖަމާއަތުން ސައުދީ އަރަބިއްޔާގެ ތެލުގެ ސިނާއަތަށާއި އިގުތިސާދީ މުހިންމު ސަރަހައްދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ދިވެހިރާއްޖެއިން ކުށްވެރިކޮށްފިއެވެ. މިކަން ހާމަކޮށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ހޫތީންގެ ހަމަލާތަކުގައި އާންމުންގެ މީހުން މަރުވެފައިވާތީ އެކަން ކުށްވެރިކޮށްފައެވެ. އަދި މިއަދު ދިން ހަމަލާތަކުގައި އެކަނިވެސް 73 މީހަކު ޒަހަމްވެފައިވާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ސައުދީ އަރަބިއްޔާއިން ޔަމަނަށް ހަމަލާތައް އަލުން ދޭން...