ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު އިހަވަންދޫ އަށް ވަޑައިގަތް އެ ރަށު ސިއްހީ މަރުކަޒުގެ ހާލަތު ބައްލަވާލައްވައިފިއެވެ.

މިނިސްޓަރުގެ މިދަތުރުފުޅަކީ އިހަވަންދޫ ސްކޫލްގެ ދައުވަތަކަށް، އެސްކޫލްގެ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

Ad
rt

މިނިސްޓަރު އަމީންއާ އެކު މި ދަތުރުފުޅުގައި ހެލްތް މިނިސްޓްރީގެ ބައެއް އިސްވެރިން ވެސް ބައިވެރިވެއެވެ. ދަތުރުފުޅުގައ އިހަވަންދޫގެ ސިއްޙީ ނިޒާމް ހިނގާނުހިގާގޮތް ބައްލަވާލެއްވުމުގެ އިތުރުން އެ ރަށު މުއައްސަސާތަކާއި އެކު ބައްދަލުކުރުންވެސް މިދަތުރުފުޅުގައި ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އިހަވަންދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ނިންމާފައިވާއިރު، އަޅަންޖެހޭ އިމާރަތް ޑިޒައިންކޮށް ބިލް އޮފް ކުއެންޓިޓީ (ބީއޯކިއު) ތައްޔާރުކޮށްދިނުމަށް މިދިޔަ ޖޫން މަހުގެ ތެރޭގައި ވަނީ ބަޔަކާ ހަވާލުކޮށްފައެވެ.