ހދ. ކުޅުދުއްފުށި، ހދ. ހަނިމާދޫ އަދި ހދ. ނޮޅިވަރަމު ފުޓުބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން އިއުލާން ކޮށްފިއެވެ.
އެމިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލަވުން އޮންނާނީ އޮކްޓޯބަރު އެއްވަނަ ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީގައިކަމަށެވެ.
މީގެއިތުރުން، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އޮކްޓޯބަރު މަހުގެ އަށްވަނަ ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީގައިކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.
ފުޓުބޯޅަ ދަނޑެއްގެ ސަބް ބޭސް އަކީ ދަނޑެއްގައި ވިނަ ނުވަތަ އާޓިފިޝަލް ވިނަ އިންދުމުގެ ކުރިން ކުރަންޖެހޭ މަސައްކަތް ނުވަތަ ބިންގަނޑު ހެދުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!