އިންޑިއާ އިން ހަނދަށް ފޮނުވި އުޅަނދު އަދި ދެނެގަނެވޭ ވަރެއް ނުވޭ: ނާސާ
ހަނދުގެ ދިރާސާތަކެއް ހެދުމަށް މި މަހު ކުރީކޮޅު އިންޑިއާގެ ސްޕޭސް އެންޑް ރިސާޗް އޮގަނައިޒޭޝަން(އައިއެސްއާރުއޯ) އިން ހަނދަށް ފޮނުވާލި “ވިކްރަމް” ހަނދުގެ ސަތަހައިގައި އޮތް ތަން ފާހަގަކުރަން ދަތިވެފައިވާ ކަމަށް ނާސާ އިން ބުނެފި އެވެ. ގާތްގަނޑަކަށް 150 މިލިއަން އެމެރިކާ ޑޮލަރު ހަރުދުކުރި އެ މިޝަންގެ ދަށުން ފޮނުވާލި ޖައްވީ އުޅަނދު ހަނދަށް ޖެއްސުމުގެ ފުރަތަމަ ކަންކަން ދިޔައީ ރޭވުމާ އެއްގޮތަށެވެ. ނަމަވެސް ހަނދުގެ ބިމާ ގާތްގަނޑަކަށް 2.1 ކިލޯމީޓަރު ކައިރިވެފައި ވަނިކޮށް އުޅަނދުގެ މަގު އޮޅި، […]