ވިލިމާލެ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ އިމާރާތުގައި ރޯވި އަލިފާން ނިއްވާލައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، ވިލިމާލެ ކުޑަކުދިންގެ ހިޔާގައި ރޯވި އަލިފާން އެ އިދާރާގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ހަރަކާތްތެރިވެ ނިއްވާލާފައިވާ ކަމަށެވެ.

Ad
rt

ކުޑަކުދިންގެ ހިޔާގައި އަލިފާން ރޯވީ އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގަ އެވެ. އެ ހާދިސާގެ މަޢުލޫމާތު ލިބި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށީ މިއަދު 10:04 ހާއިރު އެވެ.

"ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާން އެއްކޮށް ނިއްވާލެވިފައި ވަނީ 10:15 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު އެ އިމާރާތުގައި ހުރި ބައެއް ތަކެއްޗަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ."

އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގެންދަނީ މި ހާދިސާ އިތުރަށް ބައްލަވަމުންނެވެ.