ގޭގައި ތިބެގެން ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ ކަމާއެކު ޒަކާތް ދެއްކޭ ގޮތް އުރީދޫގެ އެމްފަސާ މެދުވެރިކޮށް ހަމަޖައްސައިފިއެވެ.
މި ޕްލެޓްފޯމް މެދުވެރިކޮށް ޒަކާތް ދައްކަން ބޭނުންވާ މީހުންނަށް އުރީދޫ މޯބައިލް އެޕްލިކޭޝަން ޑައުންލޯޑު ކުރުމަށްފަހު އެމްފައިސާ ޕްލެޓްފޯމަށް ލޮގިން ކުރެވޭނެއެވެ. ލޮގިން ވުމަށްފަހު “ޕޭ ފިތުރު ޒަކާތް” ސެލެކްޓު ކޮށް، މައުލޫމާތު ފުރުމަށްފަހު ޒަކާތް ދައްކާލެވޭނެއެވެ.
މި ޕްެލެޓްފޯމުގެ ސަބަބުން ޒަކާތް ދައްކަން ކިޔޫގައި މަޑު ކުރަން ނުޖެހޭނެއެވެ. އަސި ކޮވިޑް-19ގެ މިހާލަތުގައި މިއީ ގޭގައި ތިބެގެން ރައްކާތެރިކަމާއެކު ޒަކާތް ދައްކަންލިބޭ ފުރުސަތެކެވެ.
Pay Fitr Zakat via #mFaisaa from the comfort and safety of your home.
1️⃣ Log into m-Faisaa via https://t.co/jStb2I6ikk
2️⃣ Select “Pay Fitr Zakat”
3️⃣ Enter your details
4️⃣ Select Zakat type & amount
5️⃣ Verify OTP to confirm payment
It’s as easy as that. pic.twitter.com/XS9SYeDqo6— Ooredoo Maldives (@OoredooMaldives) May 2, 2021
ފިތުރު ޒަކާތް ދެއްކުމުގެ އިތުރުން އެމްފައިސާ މެދުވެރިކޮށް ޖަމިއްޔާތަކަށާއި އެންޖީއޯތަކަށް ފައިސާވެސް ހަދިޔާ ކުރެވޭނެއެވެ. ފައިސާ ހަދިޔާ ކުރެވޭ ބައެއްއެންޖީއޯތަކުގެ ތެރޭގައި ކެންސާ ސޮސައިޓީއާއި މޯލްޑިވްސް ޑެފް އެސޯސިއޭޝަނާއި ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތި ފަދަ ތަންތަން ހިމެނެއެވެ.
އެމްފައިސާ ބޭނުން ކުރާ މީހުންނަށް ބީއެމްއެލް އާއި އެމްއައިބީ އަދި އެސްބީއައި މެދުވެރިކޮށް އެމްފައިސާ ވޮލެޓަށް ފައިސާ ޖަމާކޮށްލެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!