Skip to main content
Topic Archive

#Haa Alif Thakandhoo

70 Stories filed
ތަކަންދޫ ކައުންސިލްގެ ޝަހީދުޢަލީ ތަކުރުފާނު މެމޯރިއަލް ކަޕްގައި ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ތަކަންދޫ ކައުންސިލްގެ ޝަހީދުޢަލީ ތަކުރުފާނު މެމޯރިއަލް ކަޕްގައި ބައިވެރިވާން ހުޅުވާލައިފި

ހއ. ތަކަންދޫ ކައުންސިލްގެ “ޝަހީދުޢަލީ ތަކުރުފާނު މެމޯރިއަލް ކަޕް 2026″ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ތަކަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ކުޅިވަރު ފިއެސްޓާއެކެވެ. މި ފިއެސްޓާގެ ދަށުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ  އަންހެނުންގެ ވޮލީ މުބާރާތާއި، ފިރިހެނުންގެފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ވުމުގެ ސުންގަޑިއަކީ 25 ނޮވެމްބަރ 2026 ކަމަށް ކައުންސިލުން އާންމުކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ. މީގެއިތުރުން މުބާރާތުގައި ބައިވެރިވާ ޓީމްތަ...

ތަކަންދޫ ''މުއައްސަސާ ކަޕް'' އަންހެން ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
Thiladhunmathi News

ތަކަންދޫ ''މުއައްސަސާ ކަޕް'' އަންހެން ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހއ. ތަކަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ “މުއައްސަސާ ކަޕް 2026” އަންހެން ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެ ރަށުގެ މުއައްސަސާތަކަށް ހުޅުވާލައިފިއެވެ. ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިޢުލާނެއްގައި ބުނީ، މި މުބާރާތަކީ މުއައްސަސާތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށާއި، މުޖުތަމަޢުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ. އަދި ވާދަވެރިކަމާއެކު ދުޅަހެޔޮ ޞިއްޙަތަކަށް...

ތަކަންދޫ އަންހެނުންނަށް ޚާއްޞަކޮށްގެން ބޭއްވި ވޮލީ ކޯޗިން ކޭމްޕް ނިންމާލައިފި
Thiladhunmathi News

ތަކަންދޫ އަންހެނުންނަށް ޚާއްޞަކޮށްގެން ބޭއްވި ވޮލީ ކޯޗިން ކޭމްޕް ނިންމާލައިފި

ހއ. ތަކަންދޫގައި އަންހެނުންނަށް ޚާއްޞަކޮށްގެން އެރަށުގައި ބޭއްވި ވޮލީ ކޯޗިން ކޭމްޕް ނިންމާލައި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. ތަކަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމ) އިން އިސްނަގައިގެން، ތަކަންދޫ ކައުންސިލް އާ ތަކަންދޫ ޕޮލިސް އާ ގުޅިގެން ކުރިއަށް ގެންދާ މި ކޭމްޕް ފަށާފައިވަނީ މި މަހުގެ 1 ވަނަ ދުވަހުއެވެ. މި ކޯޗިން ކޭމްޕް ނިންމާލައި، ކޯޗިން ކޭމްޕް ފުރިހަމަކުރި ބައިވެރިންނަށް ބުދަ ދުވަހު ވަނީ ސެޓްފިކެޓް ދީފައެވެ. މި ވޮލީ ކޯޗިން ކޭމްޕްގައި […]

ތަކަންދޫ ކައުންސިލުން އެ ރަށު ޝަހީދުޢަލީ ތަކުރުފާނު ސްކޫލަށް ޑަސްބިން ހަދިޔާ ކޮށްފި
Thiladhunmathi News

ތަކަންދޫ ކައުންސިލުން އެ ރަށު ޝަހީދުޢަލީ ތަކުރުފާނު ސްކޫލަށް ޑަސްބިން ހަދިޔާ ކޮށްފި

ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމްގެ ދަށުން ހއ. ތަކަންދޫ ކައުންސިލުން އެ ރަށު ޝަހީދުޢަލީ ތަކުރުފާނު ސްކޫލަށް ޑަސްބިން ހަދިޔާ ކޮށްފިއެވެ. ކައުންސިލްގެ އިތުރުން ތަކަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) އިން ވެސް އެ ސްކޫލަށް ޑަސްބިން ހަދިޔާ ކޮށްފައިވެއެވެ. ރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް ސާފުކޮށް ބަލަހައްޓަނީ ކައުންސިލާއި އތމ ކޮމިޓީ ގުޅިގެން ކަމަށްވާތީ، އެ ކޮމިޓީއަށް ކައުންސިލުން 10 ޑަސްބިން ހަދިޔާކޮށްފައިވާ ކަމަށް ވެސް އެ ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.. އެ ރަށުގެ އަތިިރިމ...

ތަކަންދޫގެ އަންހެން ވޮލީ ކުރިއަރުވަން ޚާއްޞަ ވޮލީ ކޭމްޕެއް، ކައުންސިލްގެ ކުޅިވަރު ފެސްޓިވަލް ޑިސެމްބަރުގައި
Thiladhunmathi News

ތަކަންދޫގެ އަންހެން ވޮލީ ކުރިއަރުވަން ޚާއްޞަ ވޮލީ ކޭމްޕެއް، ކައުންސިލްގެ ކުޅިވަރު ފެސްޓިވަލް ޑިސެމްބަރުގައި

ހއ. ތަކަންދޫގައި އަންހެނުންނަށް ޚާއްޞަ ވޮލީ ކޯޗިން ކޭމްޕެއް ފަށައިފިއެވެ. މިއީ  ތަކަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމ) އިން އިސްނަގައިގެން، ތަކަންދޫ ކައުންސިލް އާ ތަކަންދޫ ޕޮލިސް އާ ގުޅިގެން ކުރިއަށް ގެންދާ މި ކޭމްޕް ފަށާފައިވަނީ މި މަހުގެ 1 ވަނަ ދުވަހުއެވެ. ޖުމްލަ 12 ބައިވެރިން ހިމެނޭ މި ކޭމްޕް ކުރިއަށް ގެންގޮސްދެއްވަނީ ޕޮލިހުންކަމުގައި އެ ކައުންސިލުން މައުލޫމާތު ދެއްވައެވެ. ތަކަންދޫ ކައުންސިލްގެ ރައީސް ޢަބްދުއްރައްޒާޤް މި ނޫހަށް މައުލޫމާތު ދެއްވަމުން […]

ރައްޔިތުންގެ އަޑުއަހައި ހާލުބެލުމަށް ތަކަންދޫ ކައުންސިލުން ގޭގެއަށް
Thiladhunmathi News

ރައްޔިތުންގެ އަޑުއަހައި ހާލުބެލުމަށް ތަކަންދޫ ކައުންސިލުން ގޭގެއަށް

ހއ. ތަކަންދޫ ރައްޔިތުންގެ ޙާލުބެލުމަށާއި، ދިމާވާ ދަތިތަކާއި ޚިޔާލުތައް ދެނެގަތުމަށްޓަކައި އެ ރަށު ކައުންސިލުން ގޭގެއަށް ޒިޔާރަތްކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޒިޔާރަތްތަކުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންގެ ކަންބޮޑުވުންތައް ގާތުން ބަލައި، ކުރިއަށް އޮތް 5 އަހަރުގެ ތަރައްޤީގެ ޕްލޭނުގައި އެ ކަންކަން ހިމެނުމެވެ. ތަކަންދޫ ކައުންސިލްގެ ރައީސް ޢަބްދުލް ރައްޒާޤް “ތިލަދުން”އަށް ވިދާޅުވީ، މި ޒިޔާރަތްތަކުގެ ތެރެއިން ރަށުގެ ސިއްޙީ މަރުކަޒުން ބައެއް ޓެސްޓުތައް ފުރިހަމައަށް ނުހެދޭ މައްސަލަ ރައ...

ތަކަންދޫއިން އިހަވަންދޫއަށް 2 ގްރާމްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
Thiladhunmathi News

ތަކަންދޫއިން އިހަވަންދޫއަށް 2 ގްރާމްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ހއ. ތަކަންދޫއިން އެ އަތޮޅު އިހަވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މަޢުލޫމާތުދިން ގޮތުގައި، މި މައްސަލައިގައި އޭނާ ހައްޔަރުކޮށްފައި ވަނީ ތަކަންދޫ ބަނދަރު ސަރަހައްދުންނެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހއ. އިހަވަންދޫ، ބިޖިލީގެ، އަޙްމަދު ޝައްމާޚް (26އ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މިއީ އިހަވަންދޫ ޕޮލިހާއި، ތަކަންދޫ ޕޮލިސްގެ އިތުރުން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގ...

ތަކަންދޫ ހިރިގަލު ގަބުރުސްތާނުގެ ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށް
Raajje

ތަކަންދޫ ހިރިގަލު ގަބުރުސްތާނުގެ ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށް

ތަރިކައިން އާމްދަނީ ހޯދުމުގެ މަސައްކަތުގެ ތެރެއިން ތަކަންދޫ ހިރިގަލު ގަބުރުސްތާނު ތަރައްޤީ ކުރުމުގެ މަސައްމަކަތް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރަށްވަމުން ގެންދަވާ ޝުޖާއު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ.މުޙައްމަދު މުޢިއްޒު ޢިއުލާން ކުރައްވާފައިވާ ޣާޒީ ބަންޑާރައިންގެ އަސަރުތައް ދިރުވުމުގެ މަޝްރޫޢުގެ ދަށުން ހއ.ތަކަންދޫގައި ހިރިގަލު މަހާނައިގެ ގަބުރުސްތާނު ހިމާޔަތްކ...

ތަކަންދޫ ޓީއީއާރު ސްޕޯޓްސް ފެސްޓް: ވޮލީ ޗެމްޕިއަންކަން ކަނބުލޮއަށް، ފުޓްސަލް ޗެމްޕިއަންކަން ވެލޯރަސް އަށް
Thiladhunmathi News

ތަކަންދޫ ޓީއީއާރު ސްޕޯޓްސް ފެސްޓް: ވޮލީ ޗެމްޕިއަންކަން ކަނބުލޮއަށް، ފުޓްސަލް ޗެމްޕިއަންކަން ވެލޯރަސް އަށް

ހއ.ތަކަންދޫ އެކުވެރިންގެ ރޫހު (ޓީއީއާރު)ގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި “ޓީއީއާރު ސްޕޯޓްސް ފެސްޓް 2025” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ފެސްޓިވަލްގެ ތެރެއިން ކުރިއަށްދިޔަ އަންހެނުންގެ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ޓީމު ކަނބުލޮ ހޯދިއިރު، ފިރިހެނުންގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެސްސީ ވެލޯރަސް އެވެ. އަންހެނުންނަށް ހާއްސަކޮށްގެން ބޭއްވި ވޮލީ މުބާރާތުގެ ފައިނަލްގައި ވާދަކޮށް ރަނަރަޕް ޓީމަކަށް ހޮވިފައިވަނީ މަންޖެ އެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ ވޮލީ ކުއީނ...

ތަކަންދޫގައި ދަނޑުވެރިކަން ކުރިއެރުވުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި
Thiladhunmathi News

ތަކަންދޫގައި ދަނޑުވެރިކަން ކުރިއެރުވުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ، ހއ. ތަކަންދޫ އެކުވެރިންގެ ރޫޙާއި ބައްދަލުކުރައްވައި، އެ ރަށުގައި ދަނޑުވެރިކަން ކުރިއެރުވުމަށް އެ ޖަމިއްޔާއިން ކުރާ މަސައްކަތަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފިއެވެ. މި ބައްދަލުވުމާއި ގުޅިގެން ވަޒީރު މީސްމީޑިއާގައި އާއްމުކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ، ތަކަންދޫ އެކުވެރިންގެ ރޫޙު ޖަމިއްޔާގެ ޒުވާނުން އެ ރަށުގައި ދަނޑުވެރިކަން ތަރައްޤީކުރުމަށް ރާވައިފައިވާ މަސައްކަތްތަކުގެ ތަފްސީލު ވަޒީރާ ހިއްސާކޮށް...

ތަކަންދޫ ކައުންސިލްގެ ރައީސް ނައީމް އިސްތިއުފާ ދެއްވައިފި
Raajje

ތަކަންދޫ ކައުންސިލްގެ ރައީސް ނައީމް އިސްތިއުފާ ދެއްވައިފި

ހއ. ތަކަންދޫ ކައުންސިލްގެ ރައީސް ޙުސައިން ނައީމް މިއަދު އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. އިސްތިއުފާ ދެއްވާ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ޢާރިފް އަށް އެޑްރެސްކޮށް ފޮނުއްވާފައިވާ ސިޓީގެ ކޮޕީ އެއް “ތިލަދުން” އަށް ވަނީ ލިބިފައެވެ. އެމްޑީޕީގެ ޓިކެޓުގައި ކައުންސިލް ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ޙުސައިން ނައީމްގެ އިސްތިއުފާއާ ގުޅިގެން، ކައުންސިލްގެ ހިންގުން ވަގުތީގޮތުން ހަވާލުވާނީ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ޢާރިފްއެވެ. ތަކަންދޫ ކައުންސިލްގެ ރައީސްކަމުން އިސްތިއުފާ ދެއްވި...

ތަރިކައިން އާމްދަނީ ހޯދުމަށް ތަކަންދޫ ހިރިގަލު ގަބުރުސްތާނު ތަރައްޤީ ކުރުމުގެ ފަހުގެ ތައްޔާރީތައް ފަށައިފި
Thiladhunmathi News

ތަރިކައިން އާމްދަނީ ހޯދުމަށް ތަކަންދޫ ހިރިގަލު ގަބުރުސްތާނު ތަރައްޤީ ކުރުމުގެ ފަހުގެ ތައްޔާރީތައް ފަށައިފި

ތަރިކައިން އާމްދަނީ ހޯދުމުގެ މަސައްކަތުގެ ތެރެއިން ތަކަންދޫ ހިރިގަލު ގަބުރުސްތާނު ތަރައްޤީ ކުރުމުގެ ފަހުގެ ތައްޔާރީތައް ފަށާފައިވާކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރަށްވަމުން ގެންދަވާ ޝުޖާއު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެ ވަޢުދާ އެއްގޮތަށް ތަރިކައިން އާމްދަނީ ހޯދުމުގެ މަސައްކަތުގެ ތެރެއިން ތަކަންދޫގެ ހިރިގަލު މަހާނަ ގައު ހިމެނޭ ސަހަރާ ތަރައްޤީ ކުރުމުގެ މަޝްރޫޢު ފެށުމ...

މުރައިދޫ، ތަކަންދޫ، މޮޅަދޫ އަދި ނޭކުރެންދޫ ސިއްހީ މަރުކަޒު ބޮޑުކުރަން ފެނަކަ އާއި ހަވާލުކޮށްފި
Business

މުރައިދޫ، ތަކަންދޫ، މޮޅަދޫ އަދި ނޭކުރެންދޫ ސިއްހީ މަރުކަޒު ބޮޑުކުރަން ފެނަކަ އާއި ހަވާލުކޮށްފި

ހއ. މުރައިދޫ، ތަކަންދޫ، މޮޅަދޫ އަދި ހދ. ނޭކުރެންދޫ ސިއްހީ މަރުކަޒު އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން އާއި ހަވާލުކޮށްފިއެވެ. އެގޮތުން މި މަޝްރޫއު ހަވާލުކުރުމުގެ ގޮތުން އެއްބަސްވުމުގައި މިނިސްްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތް އިސްމާޢިލް ޝަރީފް އެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކޮށްފައިވަނީ ފެނަކައިގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު އާރިފް އެވެ. މި މަޝްރޫޢުގެ ދަށުން، މި 4 ރަށުގެ އިތުރުން ރާއްޖެތެރޭ އަތޮޅުތަކުގެ ތެރެއިން 5 […]

ތަކަންދޫ ބަނދަރުގެ މަސައްކަތް ތިން މަސްދުވަހުގެ ތެރޭ ފަށައިދޭނަން: ރައީސް
Raajje

ތަކަންދޫ ބަނދަރުގެ މަސައްކަތް ތިން މަސްދުވަހުގެ ތެރޭ ފަށައިދޭނަން: ރައީސް

ހއ. ތަކަންދޫ ބަނދަރުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ފައްޓަވައިދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އިއްޔެ އެމަނިކުފާނު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފަސް ވަނަ މަންޒިލެއްގެ ގޮތުގައި ތަކަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ތަކަންދޫ އަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވި...

ތަކަންދޫގައި ކައުންސިލްގެ ހުއްދަނެތި ގަސް އިންދުން މަނާކޮށްފި
Thiladhunmathi News

ތަކަންދޫގައި ކައުންސިލްގެ ހުއްދަނެތި ގަސް އިންދުން މަނާކޮށްފި

ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެއްވެސް ސަރަހައްދެއްގައި ކައުންސިލްގެ ހުއްދަނެތި ގަސް ނުވަތަ ރުއް އިންދުން މަނާކޮށްފިއެވެ. ކައުންސިލުން ކުރި އާންމު އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ރަށުގެ އެކި ސަރަހައްދުތަކުގައި ރައްޔިތުންނަށް އުނދަގޫވާ ގޮތަށް އަދި ރަށުގައި ހެދިފައިވާ ޕްލޭންތަކަށް ދަތިވާ ގޮތަށް ބައެއް ފަރާތްތަކުން ގަސް އަދި ރުއް އިންދަމުންދާކަން ކައުންސިލަށް ފާހަގަކުރެވިފައިވެއެވެ. މިކަމާ ގުޅިގެން، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެއްވެސް ސަރަހައްދެއް...