ފަނިއަލައަކީ ފަލަމަޑި އަދި ރާއްޖޭގައި ހައްދައި އުޅޭ އަލައިގެ ބާވަތްތަކުން ހައްދަން އެންމެ ފަސޭހަ އެއް ބާވަތެވެ.
ފަނިއަލައަކީ މީރު އަދި މަދުމަދުން ބޭނުންކުރުމަށް ޞިއްޙަތަށް ފައިދާހުރި ފަލަމަޑިއެކެވެ. ހަމަކޮންމެ މީހަކަށްވެސް ކާމިޔާބުކަމާއެކު ފަނިއަލަ އިންދައި ހެއްދިދާނެއެވެ. މި އުކުޅުތައް ބޭނުންކުރާށެވެ.
ޞިއްޙަތު ރަނގަޅު ފަނިއަލަ ގަހެއް. ފޮޓޯ: ޢަބުދު ﷲ ނަސީމް / ލ. ކަލައިދޫ
އަލަ މުޑުވައްކުރުމަށް ބޭނުންކުރަނީ އަލަ ކަނޑާފައިވާ ގަހާއި އެގަހުގެ ބުޑުން ފަޅާފައި ހުންނަ ނިރު ނުވަތަ އަލަގަނޑު އޮތް ގޮތަށެވެ. ބޮޑު އަލަގަނޑެއް ނަމަ، އޭގެން ޓިޝޫކަލްޗަރ ކޮށްގެނެވެ. އެންމެ ރަނގަޅީ އަލަގަހުގެ ބުޑުން ފަޅާފައި ހުންނަ ޅަ ނިރު ބޭނުންކުރުމެވެ. އެންމެ ކުޑަވެގެން ކައިވަތެއް އަދި ބޮޑުވެގެން ފޫޓެއް ހުންނަވަރުގެ، ކޮންމެވެސް ވަރަކަށް އަލައިގެ ބައެއް ނިރުގެ ބުޑުގައި ހުންނަ ނިރު ނަގާށެވެ. އިންދެންދެން ފެން އެއްޗެއްގައި ބަހައްޓައިލުން ރަނގަޅެވެ.
އަލަގަނޑާއެކު އިން އަލަ ނިރެއް. ފޮޓޯ: ފާމާރސް މޯލްޑިވްސް / ފޭސްބުކް
ފަނިއަލައަކީ ހިކި ބިމުގައި ހެދޭ އަލައެކެވެ. ނަމަވެސް ތެތް ބިމުގައި ރަނގަޅަށް ހެދެއެވެ. ފަނިއަލަ އޮޅުގައި ހައްދާކަށް ނުޖެހެއެވެ. އިންދަން އެންމެ ރަނގަޅީ ވާރޭވެހި ފެން ބޮޑުވެފައި ނުވާ ދުވަސްވަރެއްގައެވެ.
އަލަގަނޑުގެ ބުޑުން ފަޅާފައި ހުއްޓާ ނަގާފައިވާ އަލަ ނިރެއް. ފޮޓޯ: ފާމާރސް މޯލްޑިވްސް / ފޭސްބުކް
ފަނި އަލަ އިންދުމަށް ކޮންމެވެސް އެއް ވަގުތެއްގައި ހިޔާ އޮންނަ ތަނެއް އިޚްތިޔާރުކުރާށެވެ. އެއަށްފަހު އަލަ އިންދަން ބެޑު ހަދާ ތަން ފާހަގަކުރާށެވެ. ދެން އެތަނުގައި އުދައްޔެއްގެ ފުންމިނަށް ފަސްގަނޑު ޖަހައި މަތި ލެވެލްކޮށްލާށެވެ.
ރަނގަޅު ދުރުމިނުގައި އިންދާފައިވާ ފަނިއަލަ ދަނޑެއް. ފަން އަޅައި މަލްޗުވެސް ކޮށްފައި. ފޮޓޯ: ޢަބުދު ﷲ ނަސީމް / ލ.ކަލައިދޫ
ބިންގަނޑު ތައްޔާރުކުރުމަށްފަހު 1 ފޫޓު ދުރުމިނުގައި ނިރުތައް އިންދާނީއެވެ. އިންދަމުން ދާއިރު ދެ ބަރި ދޭތެރޭގައި އަޅިއާ އެއްކޮށްފައިވާ ކާދު ނުވަތަ އިންއޯގަނިކް ކާނާއެއް ރޮނގަކަށް ވާގޮތަށް ވަޅުލަމުން ދާށެވެ. އަޅީގެ ބަދަލުގައި ފޮސްފޮރަސް އާއި ޕޮޓޭސިއަމް މަތި އޮށްކާނާއެއް މަދުމިންވަރަކަށް ކާދާ އެއްކުރެވިދާނެ އެވެ.
މަލްޓިފޮސްކާ - އަލަ އިންދާއިރު އަދި ހައްދާއިރު ބޭނުންކުރަން ރަނގަޅު ގަސްކާނާއެއް. ފޮޓޯ: ޕްރައިމް ފަރޓިލައިޒަރސް
އިތުރުފަތް ލައި ގަސް ހެދެން ފެށުމުން ފޮސްފޮރަސް އާއި ޕޮޓޭސިއަމް މަތި، ނައިޓްރަސްފޮސްކާ ފަދަ ކާނާއެއް މަހަކު އެއް ފަހަރު ތުނިތުނިކޮށް ފަސް ގަނޑުމައްޗަށް ވިއްސާލާނީ އެވެ. ހަމަ މިގޮތަށް ކާނާ ދީގެން ހަންބުރި ފަދަ ޕޮޓުގައި ގޭގައިވެސް ފަނިއަލަ ހެއްދިދާނެއެވެ.
ރޫޓްރޮޓް ބަލި އުޅޭ ނަމަ އަލަ ފީވުމުގެ އިތުރުން ފަތްތަކަށް މިބަދަލު އާދޭ
ފަނިއަލައަށް ފެންދޭނީ ބިންގަނޑު ހިކުމުންނެވެ. ފަސްގަނޑުގައި ފިނި ހިފަހައްޓައި ވިނަ ފެޅުނަނުދިނުމަށް ފަން ކަހަލަ އެއްޗެހި ފަސްގަނޑު މައްޗަށް އަޅައި މަލްޗުކުރެވިދާނެއެވެ.
އަލަގަހުގައި ފެން ގިނަވުމުން މި ބަދަލު ފަތްތަކަށް އާދޭ. އެނޫން ބަލިތަކުން ވެސް މިހެންވޭ.
ފަނިއަލަ ހައްދާއިރު ފެން ގިނަވެއްޖެނަމަ ފަތްތައް ފާވެ ރީނދޫވުމަށްފަހު ހިކޭނެއެވެ. ރޫޓްރޮޓް ބަލި ޖެހި އަލަގަނޑު ގިރޭގޮތް ވާކަމަށް ފާހަގަވެއްޖެނަމަ ކެޕްޓަން ފަންގިސައިޑު ގިރާފައި ފަސްގަނޑަށް އަޅާށެވެ.
އަލައިގެ ބޭނުމަށް ޕޮޓެއްގައި އަލައިގެ ބާވަތެއް ހައްދާފައި.
އަލަކެނޑުން ބިނާވެގެން ވަނީ ފަސްގަނޑުގެ ގުދުރަތީ މުއްސަނދިކަމާއި ފެނާއި ކާނާ ދެވޭ މިންވަރެއްގެ މައްޗަށެވެ. 5 މަހާއި 12 މަހާއި ދެމެދުގެ މުއްދަތެއްގައި ފަނިއަލަ ލިބޭނެއެވެ.
ނޯޓް: މިއީ ހުބާ ޕްލާންޓްސް ގެ ހެޔޮއެދުންތަކާއިއެކު ގެނެސްދެމުންދާ ސިލްސިލާ މަޢުލޫމާތުތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!