ނ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް މި ހިނގާ ޖުލައި ނަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެމަޝްރޫޢުގެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ން ބުނެފިއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 25 ގައި އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މިމަޝްރޫޢޫގެ މަސައްކަތް ހަލުވިކަމާއި ކުރެވެމުންދާއިރު، މިހާރު ކުރިއަށް ދަނީ ޖިއޯ ބޭގް ޖެހުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

Ad
rt

7612،602.00 ރުފިޔާގެ މިމަޝްރޫޢު މަސައްކަތުގެ އީއައިއޭ ހަދައި ނިމި، މަސައްކަތް ފެށުމުގެ ހުއްދަ ދީފައިވަނީ މިއަހަރުގެ މާރޗް މަހުގެ 18 ގައި ކަމަށް ވެސް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވާ އެ މަޝްރޫޢުގެ މަސައްކަތުގެދަށުން އެރަށުގެ އިރުމަތީ ފަރާތު ޖެޓީކައިރި ގޮނޑުދޮށުން 180 މީޓަރު ސަރަޙައްދުގައި ޖިއޯބޭގް ޖަހައިގެން ޙިމާޔަތްކުރާނެކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީއިން އަންނަނީ އެކުންފުންޏާއި ހަވާލުވެފައިވާ ގިނަ ތަރައްޤީގެ މަޝްރޫޢުތަކެއްގެ މަސައްކަތް ހަލުވި މިނެއްގައި ކުރަމުންނެވެ.