އުތުރުގެ އިތުރު 3 ރަށެއްގެ ފެނަކަ އައު އިންޖީނުގެތަކުގެ ބިންގާ އަޅައިފި
ފެނަކައިން، ށ. މާއުނގޫދޫއާއި، ނ. މަނަދޫއާއި އަދި ނ. ފޮއްދޫގައި އަލަށް ޢިމާރާތްކުރާ އިންޖީނުގެ ތަކުގެ ބިންގާ އަޅައިފިއެވެ. އެރަށްރަށުގައި އަލަށް ޢިމާރާތްކުރާ އިންޖީނުގެތަކުގެ ބިންގާ އަޅުއްވައި ދެއްވީ އެކަމަށްޓަކައި އިއްޔެ އެރަށްތަކުގައި ބޭއްވި ރަސްމިއްޔާތެއްގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސަޢީދު މުހައްމަދެވެ. މިގޮތުން ށ. މާއުނގޫދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގެއާއި، އައު އޮފީސް އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 280 ދުވަހުން ނިންމާ ގޮތަށް ޑުޕްލެކްސް ޕްރައިވެޓް ލިމިޓ...