ހދ. ފިނޭއަށް އުފަން ޢަބްދުލް ޣަފޫރު މޫސާ، އީޕީއެސް ސްކޫލުން ތަޢުލީމު ޙާސިލުކުރުމަށްފަހު، މާލެ ވަޑައިގެން ސިފައިންގެ ޚިދުމަތަށް ގުޅިވަޑައިގަތެވެ. ސިޔާސީ މަސައްކަތަށް 2009 އަހަރު ނުކުންނެވީ ސިފައިންގެ ޚިދުމަތުގައި 21 އަހަރު ވޭތިކުރެއްވުމަށްފަހު، ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވާފައެވެ. ޣަފޫރު ދިރިއުޅުމަށްޓަކައި ކުރައްވާ މަސައްކަތަކީ އަމިއްލަ ވިޔަފާރިއެވެ. 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިހުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑި ޣަފޫރު ފުރުއްވި އެވެ.