ސިއްޙީ ނިޒާމް ރަނގަޅު ކޮށްގެން މެނުވީ ލާ މަރުކަޒީ ނިޒާމު ރަނގަޅު ނުކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރ މުހައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.

ރާއީ މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި އަދި އަތޮޅު ހޮސްޕިޓަލްތައް ރަނގަޅު ފެންވަރަށް ތަރައްޤީކޮށް ފައްކާ ކުރެވިގެންގެން ނޫނީ، ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ގާއިމުވެގެން ދާނެކަމަށް ނުބެލެވޭކަމަށެވެ.

Ad
rt

މީގެ ކުރިން ވެސް ރާއީ ވަނީ ލާމަރުކަޒީ ނިޒާމްއާއި ރަށްރަށުގެ ސިއްހީ ނިޒާމުގެ ހާލަތާއިމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިއަހަރުގެ ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހު ރާޢީ ވަނީ ހދ. މަކުނުދޫއަށް އަންހެނުންނާއި ކުޑަކުދިންނަށް ޚާއްޞަ ޑޮކްޓަރެއް ހަމަޖައްސަވައިދެއްވުމުގެ ވައުދަށް، ވެރިކަމަށް 1 އަހަރު ފުރިގެން ދިޔައިރުވެސް ތަންފީޒުކުރެވިފައި ނުވާތީ އެއީ ކީތްވެގެންތޯ އާއި އަދި އެކިއެކި ތާރީޚްތައް ދެއްވައި އަދިވެސް އެކަން ނުވެ ވަނީ ކީތްވެގެންތޯ ބެއްލެވުމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން މަޖިލީހަށް ހާޒިރުކޮށް ސުވާލުވެސް ކުރައްވާފައެވެ.

މީގެ އިތުރުން ލާމަރުކަޒީކޮށް ރާއްޖެ ތަރައްގީކުރުމަށް، ޕްލޭނިން މިނިސްޓްރީއިން އެކުލަވާލާފައިވާ ގައުމީ ތަރައްގީގެ ތަސައްވަރުގެ ސްޕޭޝަލް ޕްލޭނުގައި ރާއްޖެ ބަހާލި އިރު، ހދ. މަނުކުދޫ އެއްވެސް ކްލަސްޓާ އަކަށް ވެސް، ރީޖަނަކަށް ވެސް އަދި ސަބް ރީޖަނަކަށް ވެސް ވަދެފައި ނެތުމުން އެކަމާއި މެދު ރާއީ ކަންބޮޑުވުން ފާޅުކުރައްވާފަވެއެވެ.

Thiladhun | Voice of Thiladhunmathiމަކުނުދޫއަށް ޚާއްޞަ ޑޮކްޓަރެއް ހަމަޖައްސަވައިދެއްވުމުގެ ވައުދު ނުފުއްދާތީ ރާއީގެ ސުވާލު މިނިސްޓަރ އަމީންއަށްA hub for conversation about news and ideas from Bodu Thiladhunmathi.