އެމެރިކާއިން ކޮރޯނާވައިރަސް ޖެހުނު މީހުންގެ ޢަދަދު ޗައިނާއަށް ވުރެ ގިނަ ވެއްޖެ

GettyImages_1211835717.0

ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު މިބަލި ފުރަތަމަ ފެތުރެން ފެށި ޗައިނާއަށް ވުރެ، ދުނިޔޭގެ އެންމެ ބާރުގަދަކަމަށް ދަޢުވާ ކުރާ އެމެރިކާގައި މިބަލި ޖެހުނު މީހުންގެ ޢަދަދު އިތުރުވެއްޖެއެވެ.

މިބަލި އެމެރިކާއިިން މިހާތަނަށް 81943 މީހުންނަށް ވަނީ ޖެހިފައެވެ. 2019 ވަނަ އަހަރު ޑިސެމްބަރުމަހު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީގެ މާރުކޭޓަކުން ފެތުރެންފެށިކަމަށް ބުނާ މިބަލި މިހާތަނަށް ޗައިނާއިން ޖެހިފައިވަނީ 81285 މީހުންނަށެވެ.

އެމެރިކާ އިން މިބަލީގެ ފުރަތަމަ ކޭސް ރިޕޯޓް ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ 15 ގައިއެވެ. 2019 ވަނަ އަހަރު ޑިސެމްބަރުމަހު ފަހުކޮޅު ޗައިނާއިން މިބަލި ފެނިފައިވާތީ އެމެރިކާއިން މިބަލި ފެނިފައިވަނީ ޗައިނާއަށްވުރެ 50 ވަރަކަށް ދުވަހުން ކަމަށް ލަފާކުރެވޭއިރު، އެމެރިކާގައި މިބަލި ކޮންޓްރޯލް ނުވެ މާ ބާރު މިނުގައި ފެތުރެމުންދާ ކަން ވަޒަން ކުރެވެއެވެ.

ޗައިނާއިން މިހާތަނަށް މިބަލީގައި މަރުވެފައިވަނީ 3287 މީހުންނެވެ. ނަމަވެސް އެމެރިކާއިން މިހާރުވަނީ 1163 މީހުން މިބަލީގައި މަރުވެފައެވެ.

މިބަލިން މި ދެ ޤައުމުން މީހުން ރަނގަޅުވި ޢަދަދަށް ބަލާއިރު ޗައިނާއިންވަނީ 74051 މީހުން ރަނގަޅުވެފައިއެވެ. އެމެރިކާ އިން ރަނގަޅު ވެފައިވަނީ 1864 މީހުންނެވެ. އެމެރިކާ ފަދައިން މިބަލި އިޓަލީގައިވެސް ވަރަށް ބާރަށް ފެތުރި، މިހާތަނަށް 80589 މީހުންނަށް މިބަލި ޖެހި، 8215 މީހުން އެ ޤައުމުން ވަނީ މަރުވެފައެވެ.

އެމެރިކާއިން މިބަލި ޗައިނާގައި ފެތުރެން ފެށުމުން ބުނެފައިވަނީ މިއީ އާދައިގެ ރޯގާއެއްކަމަށެވެ. ދުނިޔޭގެ ގިނަ ގައުމުތަކަކުން މިބަލިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އެޅި އިރުވެސް އެމެރިކާއިން މިކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ތިބިކަން ފާހަގަ ކޮށްލެވެއެވެ. މިބަލީގެ ސަބަބުން އެމެރިކާގެ އިގްތިސާދުވަނީ ބޮޑު ވަޅުގަނޑަކަށް ވެއްޓި އެތައް މިލިޔަން ބަޔެއްގެ ވަޒީފާ ގެއްލިފައެވެ.

https://thiladhun.com/25533

ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު ބޮޑު ތަނުން އިތުރުވެ، ދުނިޔޭން އެބަލި ޖެހުނު މީހުންގެ ޢަދަދު ފަސް ލައްކަ ފަހަނަ އަޅައި ވަނީ  ގޮސްފައެވެ. ފަސް ލައްކަ އެރިތާ4 ގަޑިއިރު ނުވަނީ އެބައްޔަށް މިވަނީ25000 މީހުން އިތުރުވެފައެވެ.

https://thiladhun.com/25144

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި