ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު ބޮޑު ތަނުން އިތުރުވެ، ދުނިޔޭން އެބަލި ޖެހުނު މީހުންގެ ޢަދަދު ފަސް ލައްކަ ފަހަނަ އަޅައި ގޮސްފިއެވެ.

ދުނިޔޭގެ ރިޕޯޓުތައް ބުނާގޮތުން ދުނިޔޭގެ އެކި ބައްރު ތަކުން ކޮވިޑް-19 ބަލި މިހާތަނަށް 503219 މީހުންނަށް ވަނީ ޖެހިފައިއެވެ. އެބަލި ޖެހުނު މީހުން ކުރެ 121227 މީހުން ރަނގަޅު ވެފައިވާއިރު، 22340 މީހުންވަނީ އެބަލީގައި މަރުވެފައިއެވެ.

Ad
rt

ކޮވިޑް-19 ބަލި މިހާތަނަށް 503219 މީހުންނަށް ޖެހުނު ކަމަށް މިހާރު ރިޕޯޓު ކޮށްފައިވާ އިރު ދުނިޔޭގައި އެންމެ ބާރު މިނުގައި މިބަލި ފެތުރޭ ޤައުމު ތަކުގެ ތެރޭގައި ހިމެނޭ އިޓަލީ ވިލާތާއި، ފްރާންސްގެ މަޢުލޫމާތުތައް އަދި އަޕްޑޭޓް ވެފައެއް ނުވެއެވެ. މި ދެ ޤައުމުގެ މިއަދުގެ މައުލޫމާތުތައް އާންމު ކުރުމުން، މިއަދަދަށް ތަފާތު ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.

" މިބަލި ފެތުރޭ ބާރުމިނަށް ބަލާއިރު، ވޭތުވި ތިން ވަރަކަށް ދުވަސް ތެރޭ މިބަލި މިވަނީ އިތުރު އެއްލައްކަ މީހުންނަށް ޖެހިފައެވެ. "

މިއަދު އެންމެ ގިނަމީހުން ބައްޔަށް ޕޮޒިޓިވުވި ތިން ޤައުމު

  • އެމެރިކާ 6858 މީހުން
  • ސްޕެއިން 6682 މީނުން
  • ޖަރުމަނުވިލާތް 6323 މީހުން

މިއަދު އެންމެ ގިނަ މީހުން ބަލީގައި މަރުވި ތިން ޤައުމު

  • ސްޕޭން 498 މީނުން
  • އީރާން 157 މީނުން
  • ނެދަލޭންޑް 78 މީހުން

"ދުނިދުނިޔޭގެ ރިޕޯޓުތައް ބުނާގޮތުން ދުނިޔޭގެ އެކި ބައްރު ތަކުން ކޮވިޑް-19 ބަލި މިހާތަނަށް 503219 މީހުންނަށް ވަނީ ޖެހިފައިއެވެ. އެބަލި ޖެހުނު މީހުން ކުރެ 121227 މީހުން ރަނގަޅު ވެފައިވާއިރު، 22340 މީހުންވަނީ އެބަލީގައި މަރުވެފައިއެވެ."

25 މާރިޗް ވަނަ ދުވަހު އެންމެ ގިނަމީހުން މިބައްޔަށް ޕޮޒިޓިވްވެ، މަރުވި 3 ޤައުމު

އެންމެ ގިނަ މީހުން މިބައްޔަށް ޕޮޒިޓިވް ވެފައިވަނީ 7649 މީހުން ޕޮޒިޓިވު ވެފައިވާ އެމެރިކާއިންނެވެ. އެންމެ ގިނަ މީހުން މަރުވެފައިވަނީ 683 މީހުން މަރުވި އިޓަލީއިންނެވެ.

ދެވަނަ އަށް އެންމެ ގިނަ މީހުން މިބައްޔަށް ޕޮޒިޓިވްވީ ސްޕޭނުންނެވެ. އެ ޤައުމުން 5552 މީނުން މިބައްޔަށް ޕޮޒިޓިވް ވެފައި ވެއެވެ. ދެވަނައަށް ގިނަ މީހުން މަރުވެފައިވަނީވެސް އެޤައުމުންނެވެ. އެ ޤައުމުން ވަނީ 443 މީހުން މަރު ވެފައިއެވެ.

އިޓަލީ ވިލާތަކީ އެންމެ ގިނައިން މިބައްޔަށް ޕޮޒިޓިވުވި މީހުން ތިބި ތިންވަނަ ޤައުމެވެ. އެ ޤައުމުން މިބައްޔަށް 5210 މީނުން ވަނީ ޕޮޒިޓިވް ވެފައެވެ. ތިންވަނަ އަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ 231 މީހުން މަރުވި ފްރާންސުންނެވެ.

2019 ވަނަ އަހަރު ޑިސެމްބަރުމަހު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީގެ މާރުކޭޓަކުން ފެތުރެންފެށި މިވައިރަސް ދުނިޔޭގެ 198 ޤައުމަށާއި، ސަރަހައްދަށް މިހާރު ވަނީ ފެތުރިފައެވެ.