އުރީދޫ މޯލްޑިވްސްއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ 'ހިނގާ' އޭޓީވީ ޕްރޮމޯޝަންގެ ތިންވަނަ ނަސީބުވެރިޔަކަށް ޅ. ހިންނަވަރު، އަލީ ޝަރީފް ހޮވިއްޖެއެވެ.
މިއީ 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ ހަ އޭޓީވީ ދިނުމަށް ހަމަޖެހިފައިވާ މި ޕްރޮމޯޝަންގެ ދަށުން މި އިނާމު ލިބުނު ތިންވަނަ ކަސްޓަމަރެވެ.
20 ޑިސެމްބަރު 2025 ގައި ފެށި މި ޕްރޮމޯޝަން 31 ޑިސެމްބަރު 2026 ގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި މުއްދަތުގެ ތެރޭގައި ކޮންމެ ދެ މަހަކުން އެއްފަހަރު ގުރުއަތުލުން ބާއްވައި، ކޮންމެ ފަހަރަކު ވެސް އެއް ނަސީބުވެރި ކަސްޓަމަރަކަށް އޭޓީވީއެއް ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ.
މި ކެމްޕޭނަކީ ކަސްޓަމަރުން ދުވަހުން ދުވަހަށް ބޭނުންކުރާ އުރީދޫގެ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ގުރުއަތުލުމުގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫގެ މޮބައިލް (ޕްރިޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް)، ސުޕަނެޓް، ފަސޭހަ، ނުވަތަ 5ޖީ އެއާ ފައިބާ ފަދަ ޚިދުމަތްތައް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް ވަނީ ހުޅުވާލެވިފައެވެ.
ޕްރޮމޯޝަންގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި، ގުރުއަތުލުމުގެ ކުރިން އަންނަ 60 ދުވަހުގެ ތެރޭގައި އުރީދޫގެ ޚިދުމަތްތަކަށް މަހަކު މަދުވެގެން 400 ރުފިޔާ ޚަރަދުކޮށްފައިވުން ހިމެނެއެވެ. މީގެ އިތުރުން، ގުރުއަތުލާ ދުވަހާ ހަމައަށް އެ ކަސްޓަމަރެއްގެ ޚިދުމަތް މެދުނުކެނޑި އެކްޓިވްކޮށް ހުންނަންވާނެއެވެ.
އުރީދޫން ބުނި ގޮތުގައި މި ޕްރޮމޯޝަން ފަރުމާކޮށްފައިވަނީ މިހާރުގެ ކަސްޓަމަރުންގެ އިތުރުން، މި މުއްދަތުގެ ތެރޭގައި އަލަށް އުރީދޫގެ ޚިދުމަތް ހޯދަން ފަށާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ ގޮތަށެވެ. އަދި ކުރީގެ ގުރުއަތުތަކުން އޭޓީވީ ލިބުނު ކަސްޓަމަރުންނަށް ވެސް 6 ވަނަ ގުރު ނުވަތަ ގްރޭންޑް ޕްރައިޒްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މިފަދަ ހަރަކާތްތަކުގެ މަގްސަދަކީ ކަސްޓަމަރުން އުރީދޫއަށް ކުރާ އިތުބާރާއި ދޭ ލޯތްބަށް ޝުކުރު އަދާކުރުމެވެ.
އުރީދޫ މޯލްޑިވްސްއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް މިފަދަ ޕްރޮމޯޝަންތަކުގެ ޒަރީއާއިން އިތުރު އުފާވެރިކަމާއި ފައިދާ ހޯދައިދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!