ރާއްޖޭގެ ފުޓްބޯލައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ދެވަނަ މެޗުގައި ކުޅުދުއްފުށީ ސިޓީގެ މައްޗަށް ހަނިމާދޫ މިއަދު ކުރި ހޯދައިފިއެވެ.

މިއަދުގެ މެޗުގައި ހަނިމާދޫ މޮޅުވީ 3-0 އިންނެވެ. މި ނަތީޖާއާއެކު ކުޅުދުއްފުށީ ސިޓީ ކުޅުނު ދެމެޗުން ބަލިވުމުން އެ ޓީމަށް ވަނީ މުބާރާތް ނިމިފައެވެ. މި މޮޅާއެކު މުބާރާތުގެ އެއްމެޗު ބާކީ އޮއްވާ ހަނިމާދޫ އަށް ވަނީ ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުވެފައެވެ.

Ad
rt

މި މުބާރާތުގެ ފުރަތަމަ މެޗުގައި ދިއްދޫ ވަނީ 4-1 އިން ކުޅުދުއްފުށި ސިޓީ ބަލިކޮށްފައެވެ.

މިއަދުގެ މެޗުގައި ހަނިމާދޫ އަށް ލަނޑުތައް ޖަހައިދިނީ ނާއިލް ޔޫސުފް، ނޫރުﷲ ތޯހާ އަދި މުހައްމަދު ނާފިޒް އެވެ.

ނޯތު ރީޖަން ކޮލިފައިންގައި ހަނިމާދޫ އާއި ކުޅުދުއްފުށި ކުޅެނީ، ފޮޓޯ: ދިއްދޫ ސްޕޯޓްސް

ހަނިމާދޫ ދެން ބައްދަލުކުރާނީ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުވި ދިއްދޫ އާއެވެ. މި މެޗު ކުޅޭނީ 25 އޭޕްރިލް ގައެވެ.

މި ރީޖަންގެ ކޮލިފައިންގެ ފައިނަލް އޮންނާނީ 28 އޭޕްރީލްގައެވެ.

ހއ. އަތޮޅުގެ ރަނަރަޕް އިހަވަންދޫ ނޯތު ރީޖަން ކޮލިފައިން އިން ވަކިވެފައިވާތީ މި ކޮލިފައިންގައި ކުޅޭނީ މި ތިން ޓީމެވެ.

މި ރީޖަންގެ މެޗުތައް ކުޅެނީ ހއ.ގެ ވެރިރަށް ދިއްދޫގައެވެ.