ފުރަތަމަ ފަހަރަށް ޕަރަ ގޭމްސްއަކުން ރާއްޖެއަށް މެޑަލްއެއް ހޯދައިދިން ކުޅުދުއްފުށީ ދަރިވަރު މުހައްމަދު ރިޒްހާން މިއަދު ކުޅުދުއްފުއްޓަށް އައުމުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

ރިޒްހާން މިއަދު ކުޅުދުއްފުއްޓަށް އައިއިރު، މި ދަރިވަރަށް މަރުޙަބާ ކިޔުމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފާއި، ޑެޕިއުޓީ މޭޔަރު އަހުމަދު އަބުދުﷲ (ރޯޒޭ) އާއި ސިޓީ ކައުންސިލް މެމްބަރުންނާއި ހދ.އަތޮޅު ތައުލީމީ މަރުކަޒުގެ ވެރިންނާއި ދަރިވަރުން އެއާޕޯޓަށް ގޮސްތިއްބެވެ.

Ad
rt

އެއާޕޯޓުން ރިޒްހާނަށް ހޫނުމަރުޙަބާއެއް ކިޔައި ހިތްވަރުދީފައިވާއިރު، ސިޓީ ކައުންސިލުން ބުނީ ރިޒްހާންގެ މި ކާމިޔާބީއަކީ ކުޅުދުއްފުއްޓާއި މުޅި ދިވެހި ޤައުމު ފަޚުރުވެރިވާ ފަދަ ތާރީޚީ ކާމިޔާބީއެއް ކަމަށެވެ.

ހދ.އޭއީސީގެ ކެޕްޓަން ރިޒްހާން ރާއްޖެ އަށް ފުރަތަމަ ފަހަރަށް ޕެރާ ގޭމްސްއަކުން މެޑަލްއެއް ހޯދައިދީފި

''ކުޅުދުއްފުށީގެ އެންމެހާ ލޮބުވެތި ރައްޔިތުންގެ ފަރާތުން ރިޒްހާންގެ މި ފަޚުރުވެރި ކާމިޔާބީ ފާހަގަކޮށް މަރުޙަބާ ދަންނަވަން، އަދި މުސްތަޤުބަލުގައި މިފަދަ އިތުރު ކާމިޔާބީއަށް އެދެން'' ސިޓީ ކައުންސިލުން ބުނެފަވެއެވެ.

ރިޒްހާން އެއާޕޯޓުގައި، މި ދަރިވަރު ހޯދައިދިނީ ޤައުމީ ކާމިޔާބީއެއް، ފޮޓޯ: ސިޓީ ކައުންސިލް

ދުބާއީ 2025 އޭޝިއަން ޔޫތު ޕެރާ ގޭމްސްގައި، ރިޒުހާން ވަނީ ފިރިހެން ކުދިންގެ 12–16 އަހަރުގެ، 50 މީޓަރު ފްރީ ސްޓައިލް އެސް10 ކެޓަގަރީން ފަޚުރުވެރިކަމާއެކު ނިލަންކާ މެޑަލް (ބްރޯންޒް މެޑަލް) ހޯދާފައެވެ.

ރިޒްހާނަކީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކެޕްޓަނެވެ.