ޑިޖިޓަލް ދުނިޔޭގައި އިތުރު އިންޤިލާބެއް ގެނައުމަށްޓަކައި، ގޫގުލްއިން އިންޑިއާ ކަނޑު ހުރަސްކޮށް އަޅާ އާ ސަބްސީ ކޭބަލް ސިސްޓަމެއް ކަމަށްވާ 'ދިވަރު' މަޝްރޫޢުން ދިވެހިރާއްޖެއަށް ފަހި ފުރުސަތުތަކެއް އަންނާނެކަމަށް އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީ ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢު ޢިއުލާންކޮށް ގޫގުލްއިން ނެރުނު ބަޔާނެއްގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ޚާލިދު އަލް ހަމާދީ އާއި ހަވާލާދީ ބުނެފައި ވަނީ، ދިވެހިރާއްޖޭގައި އައު ކަނެކްޓިވިޓީ ހަބެއް ގާއިމްކުރުމަށްޓަކައި ގޫގަލްއާ އެކު މި ތާރީޚީ މުހިންމު މަޝްރޫޢުގައި ބައިވެރިވުމަކީ، އުރީދޫއަށް ލިބޭ ބޮޑު އުފަލެއް ކަމަށް ސިއީއޯ އަދި އެމްޑީ ވިދާޅުވެފައިވާ ކަމަށެވެ.

Ad
rt

މި މަޝްރޫޢުގައި ގޫގުލްއާއެކު ބައިވެރިވުމަކީ އުފަލެއްކަން ފާހަގަކުރަށްވައި ޚާލިދު އަލް ހަމާދީ އިތުރަށް ވިދާޅުވީ، މި މަޝްރޫޢަކީ ޤައުމުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ވަރުގަދަކޮށް، ޑިޖިޓަލް ބަދަލުތަކުގެ ދެވަނަ މަރުހަލާ ފެށުމަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ޑިޖިޓަލް ޚިދުމަތްދޭ ކުރިއަރާފައިވާ ކުންފުންޏެއްގެ ހައިސިއްޔަތުން، އުރީދޫ މޯލްޑިވްސްއިން ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީއާއި ޑިޖިޓަލް ޚިދުމަތްތައް މުޅި ޤައުމަށް ފުޅާކުރަމުން ދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ކުރިއެރުމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާ ފަދަ ވިޔަފާރިތަކަށް އައު ފުރުސަތުތަކެއް ފަހިވާނެކަމަށްވެސް އުރީދޫގެ ސީއީއޯ ވިދާޅުވިއެވެ. އެގޮތުން، އޮޕަރޭޝަންތައް އިތުރަށް ޒަމާނީކޮށް، ކަސްޓަމަރުންނަށް ލިބޭ ތަޖުރިބާ ރަނގަޅުކޮށް، ބައިނަލްއަޤްވާމީ ދުނިޔެއަށް ފުޅާވުމުގެ ފުރުސަތުތައް ފަހިކޮށްދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

''ޑިޖިޓަލް މޯލްޑިވްސް''ގެ ކުރިއަށް އޮތް މަރުހަލާއަށް ބާރުދިނުމަކީ، އުރީދޫއަށް ލިބޭ ފަޚުރެއް ކަމަށް ހާލިދު އަލް ހަމާދީ ވަނީ ވިދާޅުވެފައެވެ.

ގޫގުލްގެ އާ ސަބްސީ ކޭބަލް ސިސްޓަމް ''ދިވަރު'' އިޢުލާންކޮށްފި، ދިވެހިރާއްޖެއަށް މުހިންމު ދައުރެއް

ގޫގްލްގެ ''ދިވަރު'' މަޝްރޫޢަކީ ދިވެހިރާއްޖެއާއި، ކްރިސްމަސް އައިލެންޑް އަދި އޮމާން ގުޅުވައިލާނެ މަޝްރޫޢެކެވެ. މިއީ އިންޑިއާ ކަނޑު ސަރަޙައްދުގައި ޑިޖިޓަލް ކަނެކްޓިވިޓީ، އިތުބާރު އަދި ހަރުދަނާކަން އިތުރުކުރުމަށް ގޫގުލްއިން ކުރާ ބޮޑު އިންވެސްޓްމަންޓެކެވެ.

މި ކޭބަލް ސިސްޓަމަށް ދީފައިވާ "ދިވަރު" މިނަން ނިސްބަތްވަނީ ދިވެހި ބޮޑު ދޯނިފަހަރުގެ ބޮޑު ރިޔަލަށް ކޮންޓްރޯލް ކުރާ ވާދޯންޏަށެވެ. މިނަމުން ދޭހަކޮށްދެނީ ދިވެހި ކަނޑުމަގު ހޯދާ ފަޅުވެރިންގެ ހުނަރާއި، ގާބިލްކަން، ބާރު، އަދި ތަޖުރިބާއެވެ.