ލޯތްބާއި ކުލުނު ޢާއިލާތަކުގައި ދަމަހައްޓައި ދިނުމުގައި މާމައިންނާއި ކާފައިންނަކީ އިލާހީ ހެޔޮ ރަޙްމަތެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ މާމަ ކާފަ ދުވަހުގެ މުނާސަބާގައި މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައެވެ.

Ad
rt

ރައީސް ވިދާޅުވިގޮތުގައި، ލޯތްބާއި ކުލުނު ޢާއިލާތަކުގައި ދަމަހައްޓައި ދިނުމުގައި މާމައިންނާއި ކާފައިންނަކީ އިލާހީ ހެޔޮ ރަޙްމަތެކެވެ.

''މި އުފާވެރި ދުވަހު އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރި ހެޔޮ ދުޢާތައް ވަނީ، ދިވެހި ކޮންމެ މާމައަކާއި ކާފަޔަކާއެކު.'' ރައީސް ވިދާޅުވެފަވެއެވެ.

ދިވެހިރާއްޖޭގައި، ޤައުމީ ކާފަ އަދި މާމަ ދުވަސް ފާހަގަކުރެވެނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރ 1 ވަނަ ދުވަހުއެވެ.

މި ދުވަހަކީ އުމުރުން ދުވަސްވީ މީހުން އެމީހުންގެ ޢާއިލާތަކަށާއި ޤައުމަށް ކޮށްދީފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކޮށް، އެކަމަށް ޝުކުރުވެރިވާ ދުވަހެކެވެ. އަދި މިދުވަހުގެ ސަބަބުން ކާފައިންނާއި މާމައިންނާއި، ކާފަ ދަރިންނާއި މާމަ ދަރިންނާ ދެމެދު އޮންނަ ގުޅުން ބަދަހިވެގެންދެއެވެ.