ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ އިޝިގާމީ ރުމީކޯ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބައްދަލުކުރައްވައި އެ ސިޓީގެ ބައެއް ތަންތަނަށް ޒިޔާރަތް ކުރައްވައިފިއެވެ.

ސިޓީ ކައުންސިލުން ބުނިގޮތުގައި ސަފީރު މިހާރު ކުޅުދުއްފުށީ ސިޓީއަށް ކުރަށްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން ވަނީ ސިޓީ ކައުންސިލާއި ބައްދަލުކުރަށްވާފައެވެ.

Ad
rt

މިގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން ސަފީރު ވަނީ ޖަޕާނުގެ ރައްޔިތުންނާއި ރާއްޖޭގެ މުޖުތަމަޢުއާއި ދެމެދު އޮތް ވަރުގަދަ ގުޅުން ދެމިއޮންނާނެ ކަމަށް ކަށަވަރުކޮށްދެއްވާފައިކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ޖަޕާން ސަފީރު ކުޅުދުއްފުށި ރަށްވެހި އާސާރުގައި، ފޮޓޯ: ސިޓީ ކައުންސިލް

މީގެ އިތުރުން ސަފީރު ވަނީ މި ދަތުރުފުޅުގައި ސިޓީގެ ރަށްވެހި އާސާރަށާއި، މާފަލު ފެންގަނޑަށާއި، ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ޒިޔާރާތްކުރައްވައި މި ތަންތަނުގެ ކަންކަން ދިރާސާކުރައްވާފައެވެ.

ޖަޕާނު ސަފީރުގެ މި ދަތުރުފުޅުގައި އެކަމަނާ އިއްޔެ ވަނީ ކުޅުދުއްފުށީ ޕަބްލިކް ލައިބްރަރީއަށް ފޮތް ހަދިޔާކުރަށްވާފައެވެ. މިއީ ޖަޕާންގެ ނިޕޮން ފައުންޑޭޝަންގެ "ރީޑް ޖަޕާން" މަޝްރޫޢުގެ ދަށުން ހަދިޔާކުރެއްވި ފޮތްތަކެކެވެ.

މިގޮތުން ނިޕޮން ފައުންޑޭޝަންގެ "ރީޑް ޖަޕާން" މަޝްރޫޢުގެ ދަށުން ކުޅުދުއްފުށީ ޕަބްލިކް ލައިބްރަރީއަށް ޖުމްލަ 178 ފޮތް ވަނީ ހަދިޔާކޮށްފައެވެ.