ގާތްތިމާގެ މީހުންނާއި ދަންނަ އެކުވެރި ރައްޓެހިންނާއި ރަޙުމަތްތެރިން ނިޔާވުމުން ވަރަށް ގިނަ މީހުން ކުރާ ކަމެކެވެ. ފޭސްބުކުގެ ޕްރޮފައިލް ފޮޓޯގެ ބަދަލުގައި ކަޅުކުލައަށް ބަދަލުކޮށްލައެވެ. އެގޮތަށް ހެދުމުގެ ސަބަބުން އެ މީހަކަށް ވަރަށް ބޮޑު ހިތާމައެއް ނުވަތަ ގާތް މީހަކު ނިޔާވީކަން އެނގެއެވެ. ނޭނގެނީ އެއީ ކާކުކަމެވެ.

އަނެއް ބަޔަކު ލިޔެއެވެ.
‎إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ‎

Ad
rt

May ALLAH(SWT) forgive his sins and grant him Jannathul Firdhaus, Aameen

މިގޮތަށް ލިޔުމުން ރަހުމަތްތެރިންތައް އާމީން ލިޔެއެވެ. އޭރު ވެސް ނޭނގެނީ ނިޔާވި މީހެކެވެ. އެހެންވެ ބައެއް މީހުން އާމީން ލިޔުމަށް ފަހު ނިޔާވީ ކާކުތޯ ސުވާލު ކޮށް ހަދައެވެ. ވީ ކީއްތޯ އަހާ ހަދައެވެ.

އަޅުގަނޑު ހިތުން މީސްމީޑިއާގައި ފްރޮފައިލް ފޮޓޯގެ ބަދަލުގައި ކަޅުކުލަ ޖެއްސިޔަސް ނޫނީ ހަމައެކަނި ‎إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ‎
ލިޔުނަސް އެ ކަން އެ ކުރަނީ ބަޔަކަށް އެކަން އަންގާލަން ބޭނުންވާތީއެވެ. އެ ފުން ހިތާމަ ހިއްސާ ކޮށްލަން އެދޭތީއެވެ. އެހެންވީމާ އެހެން މީހުން އިތުރަށް ސުވާލު ކުރަން ނުޖެހޭ ގޮތަށް މިކަންކުރުން ކިހިނެތްވާނެ ބާވައެވެ. އެންމެ ކުޑަމިނުން ނިޔާވި މީހެއްގެ ނަން ޖަހާލާފައި މިކަން ކުރުން ކިހިނެތްވާނެ ބާވައެވެ.

ވަކި މީހަކަށް ދޭން ބޭނުންވާ މެސެޖެއް ނުވަތަ ޚަބަރެއް ނަމަ އެންމެންނާ އެ ވާހަކައެއް ހިއްސާނުކޮށް ޕްރައިވެޓްކޮށް ފޮނުވުން ކިހިނެތްވާނެ ތޯއެވެ.