Skip to main content

ޢަބްދުﷲ ސަޢީދު

Contributor
🇲🇻 ތިލަދުން Desk
243 Stories
12 Reads

ނ. މަނަދޫއަށް އުފަން، ކޮމާންޑް ސާޖެންޓް މޭަޖަރ ޢަބްދުﷲ ސަޢީދަކީ، ހުނަރުވެރި މޮޅު ލިޔުންތެރިއެކެވެ. ޚާއްޞަކޮށް ތާރީޚީ ދިރާސީ ލިޔުންތައް ލިޔުއްވުމުގައި ފަންނުވެރި ކުޅަދާނަ ލިޔުންތެރިއެކެވެ. ބަހަވީ އަދަބީ ތާރީޚީ ސަގާފީ ޚިދުމަތްތަކުންވެސް ގައުމީގޮތުން ފާހަގަކުރެވޭ، ފަޚުރުވެރި ދިވެހި ދަރިއެކެވެ.

Published on ތިލަދުން (Thiladhun) by ޢަބްދުﷲ ސަޢީދު

މަލިކައްޑޫ: ދިވެހިރާއްޖޭގައި އެންމެ ކުރީ ޒަމާނުގައި އޮތް 14 އަތޮޅު
History

މަލިކައްޑޫ: ދިވެހިރާއްޖޭގައި އެންމެ ކުރީ ޒަމާނުގައި އޮތް 14 އަތޮޅު

ދިވެހިރާއްޖެއަކީ ޖަޒީރާ ޤައުމެކެވެ. މި ޖަޒީރާގެ ރަށްތައް ކުރިންސުރެ ގުރޫޕް ކުރެވިފައި ވަނީ ޤުދުރަތީގޮތުން އުފެދިފައިވާ އަތޮޅުތަކެއްގެ މައްޗަށެވެ. ކައިރި ކައިރީގައި ހުންނަ ޤުދުރަތީ ބައެއް އަތޮޅުތައް އެއް އަތޮޅެއްގެ ގޮތުގައި ޒަމާނުއްސުރެ ބަލައެވެ. ކުރީ ޒަމާނުގައި ސިޔާސީ އަދި އިދާރީ ނިޒާމު ވެސް ހިންގަމުން އައީ މި ޠަބީޢީ ބައިތައް ނުވަތަ އަތޮޅުތަކުގެ މައްޗަށެވެ. އިދާރީގޮތުން ހިންގުން ފަސޭހަކުރުމަށް ޓަކައި އަތޮޅުތައް ދެބަޔަކަށް ބައިކުރެވުނީ ޤުދުރަތީ ގޮތުން އަތޮޅުތައް ބެހިފައިވާ ނިޒާމާ އެއްގޮތަށް ހިންގ...

ބުރުނުވިލާޖެހުން
Column

ބުރުނުވިލާޖެހުން

ރޭގައި ކުއްލިއަކަށް ވިދާގުގުރަން ފެށިއެވެ. ވަރަށް ބާރަށް ގުގުރިޖަހައި ހޮނު ވެސް އެޅިއެވެ. ބައެއް ޢިމާރާތްތަކަށް ގެއްލުން ލިބުނެވެ. ޅަކުދީން ވަރަށް ބިރުން އުޅުނެވެ. ބައެއް މީހުންނަށް މިވަނީ ކީއްކަމެއް ނޭނގެއެވެ. އެކަމަކު އަޅުގަނޑުމެންގެ ތެރެއިން ދުވަސްވީ މީހުންނަށް މިއީ ބުރުނު ނަކަތްކަމާއި މި ނަކަތުގައި ބުރުނުވިލާޖެހޭކަން އެނގެއެވެ. މި ތަޖުރިބާ އެކިފަހަރު ކުރަން ޖެހެނީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އެކިވަރަށްކަން ދުވަސްވީ ދަނެއެވެ. ބުރުނުވިލާޖެހުމަކީ ބުރުނު ނަކަތުގެ ވިލާގެ ކޮޅިގަނޑު އައުމެވެ. ބު...

ޤައުމެއްގައި އަސްކަރީ ބާރު އުފެދޭގޮތް
History

ޤައުމެއްގައި އަސްކަރީ ބާރު އުފެދޭގޮތް

ޤައުމެއް އުފެދުމާއި، އެ ޤައުމެއްގެ ސިޔާދަތީ ބާރުތަކުގެ ތެރެއިން އަސްކަރީ ބާރު ވުޖޫދުވެގެންދާ ގޮތަކީ ޝައުޤުވެރި ވާހަކައެކެވެ. މިއީ ސިޔާސީ ޢިލްމާއި ތާރީޚުގެ ތެރެއިން ވަރަށް މުހިންމު ދާއިރާއެކެވެ. ދުނިޔޭގައި 700 އަށްވުރެ ގިނަ ޤައުމު އެބައޮތެވެ. އެއީ ހަމަ އެެއް ބަހަކުން ވާހަކަ ދައްކައި އެއް ސަގާފަތަކަށް ތަބާވާ އަދި އެއް ވިސްނުމަކުން ދުނިޔެ ދެކޭ ޤައުމުތަކެވެ. އެކަމަކު މީގެތެރެއިން ދައުލަތެއް ލިބިފައި ވަނީ އެންމެ 193 ޤައުމަށެވެ. ދައުލަތެއް ނުލިބިފައިވާ ގިނަ ޤައުމު (Nation) […]

އީރާނު ހަނގުރާމައިގައި ދެންވާނީ ކިހިނެތް؟
Report

އީރާނު ހަނގުރާމައިގައި ދެންވާނީ ކިހިނެތް؟

މިއީ ވަރަށް ގިނަބައެއްގެ ހިތުގައި އުފެދޭ ސުވާލެކެވެ. މި ސުވާލަކީ ދުނިޔޭގެ ވަރަށް ގިނަ ލިޔުންތެރިންނާއި ރިޕޯޓަރުން އަސްކަރީ މާހިރުންނާއި ދިރާސާކުރާ ފަރާތްތަކާ ހަވާލާދީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޖަވާބު ދެމުންދާ ސުވާލެއް ވެސް މެއެވެ. އެކަމަކު އެ ކުރާ އަންދާޒާތަކާއި ދައްކާ ގިނަ ވާހަކަތައް ދިމާލެއް ނުވެއެވެ. މިހެން ދީމާވާ އެންމެ ބޮޑު ސަބަބަކީ ހަނގުރާމައިގެ ތެދު ޚަބަރުތައް ދެފަރާތުންވެސް ނުލިބުމެވެ. ޚާއްޞަކޮށް އެމެރިކާގެ ރައީސް ދެއްވާ އިންޒާރުތަކާއި ފާޅުގައި ހައްދަވާ އިތުރުފުޅުތަކާއި ދައްކަވާ […...

ބާބުލް މަންދަބު ކަނޑުއޮޅި: ކަރުނައިގެ ދޮރޯށި
Report

ބާބުލް މަންދަބު ކަނޑުއޮޅި: ކަރުނައިގެ ދޮރޯށި

ބާބުލް މަންދަބް (باب المندب) ކަނޑުއޮޅިއަކީ ދުނިޔޭގެ އިގުތިސާދާއި ކަނޑު ދަތުރުފަތުރުގެ ނިޒާމުގައި އެންމެ މުހިންމު އެއް މަގެވެ. މިއީ ރަތްކަނޑާއި (ރެޑްސީ) އަދަނު ކަނޑުއޮޅި (ގަލްފް އޮފް އަޑަން) ގުޅުވައިދޭ ހަނި ކަނޑުއޮޅިއެކެވެ. މި ކަނޑުއޮޅި އޮންނަނީ އެފްރިކާ ބައްރާއި އަރަބި ބައްރު ގުޅޭ ހިސާބުގައެވެ. މި ކަނޑުއޮޅީގެ އެއްފަރާތުގައި އޮންނަނީ ޔަމަނެވެ. އަނެއް ފަރާތުގައި އޮންނަނީ އެފްރިކާގެ ޖިބޫތީ އާއި އެރިތްރިއާއެވެ. ޔަމަނާއި ޖިބޫޓީއާ ދެމެދުގެ އެންމެ ހަނި ހިސާބުގައި މި ކަނޑުއޮޅީގައި ހުންނަނީ […]

ފޯލްސް ފްލެގު ހަމަލާއެއްގެ ބިރު
Column

ފޯލްސް ފްލެގު ހަމަލާއެއްގެ ބިރު

އީރާނާ ދެކޮޅަށް އެމެރިކާއާއި އިޒުރޭލުން ފަށާފައިވާ ހަނގުރާމައިގައި އެމެރިކާއިން ފޯލްސް ފްލެގު (False Flag) ހަމަލާއެއް ދީފާނެކަމުގެ ބިރުވެރި އަޑުތައް ދަނީ ފެތުރެމުންނެވެ. ފޯލްސް ފްލެގު ހަމަލާއަކީ އަމިއްލަ ތަނަކަށް ނުވަތަ އަމިއްލަ ބަޔަކަށް އަމިއްލައަށް ގެއްލުން ބޮޑު ހަމަލާއެއްދީ އެހެން ބައެއްގެ ބޮލުގައި އެކަން އެޅުވުމެވެ. މިފަދަ ހަމަލާއެއް ދެނީ އެ ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ކަމަށްބުނެ އެބަޔަކު ބޭނުންވާ ކަމެއް ނުވަތަ ބޭނުންވާ ޖަރީމާއެއް އަނެއް ބަޔަކާ ދެކޮޅަށް ހިންގުމަށް ބަހަނާއެއް ހޯދުމަށެވެ....

އިޒުރޭލުގެ މޮސާޑް - އެންމެ  އަނިޔާވެރި ޖާސޫސީ އިދާރާ
Column

އިޒުރޭލުގެ މޮސާޑް - އެންމެ އަނިޔާވެރި ޖާސޫސީ އިދާރާ

އިޒުރޭލުގެ ޖާސޫސީ އިދާރާކަމުގައިވާ މޮސާޑަކީ ދުނިޔޭގައި އޮތް އެންމެ ނުރައްކާތެރި އަދި އެންމެ އަނިޔާވެރި ޢަމަލުތައް ހިންގާ ޖާސޫސީ އިދާރާއެވެ. އިޒުރޭލުގެ މަސްލަހަތު ހިމާޔަތްކުރުމުގެ ނަމުގައި، މުޅި ދުނިޔޭގައި މި ޖަމާޢަތުން ދަނީ ގިނަގުނަ ސިއްރު އޮޕަރޭޝަންތަކާއި ލާއިންސާނީ އަނިޔާވެރި ޖަރީމާތައް ހިންގަމުންނެވެ. މޮސާޑު އުފެދުނީ 1949 ވަނަ އަހަރު ގައެވެ. އޭގެ ކުރިން ވެސް އެކި ނަންނަމުގައި އިޒުރޭލުގައި ޖާސޫސީ ސިއްރު މަސައްކަތްތައް ކުރަމުން އައެވެ. އިޒުރޭލުގެ ފުރަތަމަ ބޮޑުވަޒީރު ޑޭވިޑް ބެންގެ އިރުޝާދުގެ ދަށ...

ހަނގުރާމައަށް އީރާނުން ތައްޔާރުވާގޮތް
International

ހަނގުރާމައަށް އީރާނުން ތައްޔާރުވާގޮތް

އެމެރިކާއާއި ޒަޔަނިސްޓް އިޒްރޭލުން އީރާނަށް ހަމަލާދޭން ތައްޔާރުވަމުން ދާއިރު އީރާނުން ވެސް އޮތީ ދީފާނެ ކޮންމެ ހަމަލާއަކަށް ވެސް ފިސާރި ރަނގަޅަށް ތައްޔާރުވެގެންނެވެ. އީރާނުން ވަނީ 2025 ޖޫންމަހު ކުރި 12 ދުވަހުގެ ހަނގުރާމައިގައި އެމެރިކާއާއި އިޒްރޭލުން ދިން ގެއްލުންތަކުން އަރައިގަތުމަށް ބުރަ މަސައްކަތްތަކެއްކޮށްފައެވެ. މުހިންމު މިސައިލް ފެސިލިޓީތަކާއި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ވައިގެ މަރުކަޒުތައް ވަނީ މަރާމާތުކޮށްފައެވެ. އަދި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ނައްތާނުލެވޭވަރަށް ރައްކާތެރިކަމުގ...

މަރުވުމާއި ނިޔާވުމާ ހުރި ތަފާތު!
Column

މަރުވުމާއި ނިޔާވުމާ ހުރި ތަފާތު!

މަރުވުން، ނިޔާވުން، އަވަހާރަވުން، ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުން، ފުރައުއްތަވުން، ސުވަރުގެވަޑައިގަތުން މިއިން ކޮންމެ ލަފުޒަކުން ބުނެދެނީ މަރުވިކަމެވެ. އެ މީހަކު މަރުވެއްޖެކަމެވެ. ތަފާތު ލަފުޒުތައް ބޭނުންކުރަނީ ތަފާތު ދަރަޖަތަކުގެ މީހުންނަށެވެ. ދިވެހި ބަހުގައި ބޭނުންކުރާ ދަރަޖަތަކުގެ ތެރޭގައި އާދައިގެ ގޮތާއި މާތްގޮތާއި އެންމެ މާތްގޮތް އޮވެއެވެ. އަދި ރަސޫލު ބޭކަލުންނަށް ބޭނުން ކުރެވޭ ދަރަޖައަކާއި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޚާއްޞަ ލަފުޒުތަކެއް ވެސް ދިވެހިބަހުގައި ހުރެއެވެ. މީގެ އެއް މިސާލަކީ...

ނޮޅިވަރަންފަރު އެދުރުކަލޭފާނު
Column

ނޮޅިވަރަންފަރު އެދުރުކަލޭފާނު

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު، މޫސާ އެދުރުކަލޭފާނަކީ މީލާދީން 16 ވަނަ ގަރުނުގައި ދުނިޔޭގައި އުޅުއްވި ބޭކަލެކެވެ. “ނޮޅިވަރަންފަރު އެދުރުކަލޭފާނު”ގެ ނަމުން ދިވެހި ތާރީޚުގައި މަޝްހޫރުވެފައިވާ މި ޝަޚްޞިއްޔަތަކީ ނުޖޫމީ ޢިލްމާއި ނަކަތްތެރިކަމާއި ފަންޑިތަވެރިކަމާއި ހިސާބު ޢިލްމުގައި ފުންނާބުއުސް އެދުރުބޭކަލެކެވެ. މިއީ ޕޯޗްގީޒުންނާ ދެކޮޅަށް އައްސުނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން ކުރެއްވި ޖިހާދުގައި ވަރަށް މަތީ ދަރަޖައަކަށް އެހީތެރިވެ ދެއްވައި އެއްބާރުލުން ދެއ...

ދޮންބަންޑާރައިންގެ ނަދުރުފުޅު
Column

ދޮންބަންޑާރައިންގެ ނަދުރުފުޅު

ދޮންބަންޑާރައިން ނުވަތަ އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން އިސްވެ ހުންވައި ހޮޅިން (މަލަބާރީން)ގެ އަތް ދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ރޭ ވަނީ ނަދުރުފުޅެއް ވިދާޅުވެފައެވެ. މި ނަދުރުފުޅު ލިޔެފައި އޮތީ މެދު ޒިޔާރަތުގައި އޮތް ހައިވަކަރު ފިލާގަނޑެއްގައެވެ. ދޮންބަންޑާރައިންގެ ނަދުރުފުޅު އޮތް ފިލާ ފާހަގަ ކުރެއްވުނީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު އިބްނު އައްސުލްޠާން އިބްެރާހީމް ނޫރައްދީން އިސްކަންދަރު ކުލަ ސުންދުރަ ކައްތިރި ބަވަނަ...

ދިވެހިރާއްޖެ އިސްލާމްވީ ދުވަހާ ގުޅޭ މުހިންމު ތާރީޚުތައް
Column

ދިވެހިރާއްޖެ އިސްލާމްވީ ދުވަހާ ގުޅޭ މުހިންމު ތާރީޚުތައް

ދިވެހިރާއްޖޭގެ ރީތި ދޮންވެލީގެ ޖަޒީރާތަކާއި ނޫކުލައިގެ ހިތްގައިމު ކަނޑުފަޅުތަކާއި ދިވެހީންގެ ދިވެހިވަންތަކަމުގެ ފަހަތުގައި އޮތީ އެތައް ޒަމާންތަކެއް ވެފައިވާ މުއްސަނދި ސަޤާފަތާއި ފަޚުރުވެރި ތާރީޚެކެވެ. ދިވެހިރާއްޖޭގެ ތާރީޚުގެ އެންމެ ޝައުޤުވެރި އެއް ބަޔަކީ ދިވެހީން އިސްލާމްދީން ގަބޫލުކުރުމެވެ. މިއީ ދިވެހީން ނިންމި އެންމެ ބޮޑު އެއް ނިންމުމެވެ. ބުދުދީން ދޫކޮށް، މާތްވެގެންވާ އިސްލާމްދީނަށް ދިވެހީން ބަދަލުވި ގޮތެވެ. އެއީ މީލާދީން 12 ވަނަ ޤަރުނެވެ. ތާރީޚުގެ ޞަފުޙާތަކުން ފެންނަނީ ހިޖުރައިން 548 ވަނަ އަހ...

ބޮޑުތަކުރުފާނު ޕޯޗްގީޒުންނާ ދެކޮޅަށް ކުރެއްވި ޖިހާދުގެ މުއްދަތު
Thiladhunmathi News

ބޮޑުތަކުރުފާނު ޕޯޗްގީޒުންނާ ދެކޮޅަށް ކުރެއްވި ޖިހާދުގެ މުއްދަތު

އުތީމު މަހާރަދުން ނުވަތަ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން (ބޮޑުތަކުރުފާނު) އާއި ކަޅުއޮށްފުންމީގެ މުޖާހިދުން ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންކޮށްދެއްވުމަށް ކުރެއްވި ހިތްވަރުގަދަ ޖިހާދު ދިގު ދެމިގެން ދިޔަ މުއްދަތަކީ ކޮބައިހެއްޔެވެ؟ ބޮޑުތަކުރުފާނުގެ ޖިހާދުގެ މުއްދަތާ ބެހޭ ގޮތުން ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ ބޮޑުތަކުރުފާނު ވާހަކައިގައި އޮންނަނީ ބޮޑުތަކުރުފާނުގެ ޖިހާދުގައި ވީ ހަތަރެއް ނުވަތަ ތިން އަހަރުކަމަށެވެ....

ކަޅުއޮށްފުންމީގެ އަސްލު ނަމަކީ ކޮބާ؟
Column

ކަޅުއޮށްފުންމީގެ އަސްލު ނަމަކީ ކޮބާ؟

“ޙަސަން ތަކުރުފާނު އަތްދޮވެލާން ކަނޑަށް ގުދުވެލެއްވިތަނާ، މުޙައްމަދު ތަކުރުފާނު އޮޑި ދީލާލައްވާފައި މަތިއެނގައަށް ވާންކޮށްލެއްވިއެވެ. (މަތިއެނގައަކީ ހަތަރެސްކަން ރިޔާ ނަގާ އެއްޗެހީގެ އަރަލުގެ ދެކޮޅުގައި ބައްދައިފައި ހުންނަ ދެ ވަލުގެ ތެރޭން ވައިމަތި ފަރާތުގެ ވަލެވެ.) ޙަސަން ތަކުރުފާނު އަތް ދޮވެލައިގެން ތެދުވެ، ދޫކޮށްލެއްވި ކަޅުއޮށް ބެއްލެވިއިރު ތިންރާޅު މަތީގައި ފޮތިކެނޑިފައި ފިލާގަނޑު ގުދަށް ޖެހެއެވެ. ޖެހޭއިރު އޮންނަނީ ތިންބުރީ ނަނަށް ވާންވެފައެވެ. ވާންވެލާކަށްވުރެ އަވަހަށް ތިން ރާޅުމަތީގައި ފޮތ...

ތާޖުއްދީނުގެ ގަލަމުން ބޮޑުތަކުރުފާނު އަވަހާރަވުން
Column

ތާޖުއްދީނުގެ ގަލަމުން ބޮޑުތަކުރުފާނު އަވަހާރަވުން

“މިއީ ދުނިޔޭގެ އުސޫލެވެ. މި ގޮތުން މި ރަދުންގެ އަޖަލު އައިސް ޖެހުނު ވަގުތު ކަނޑިއާއި ލޮންސި އަދި ކިޔެއްތަ، އެ ރަދުންގެ ބާރުގަދަ ބޮޑު ލަޝްކަރަށް ވެސް އެއްވެސް ކަމެއް ނުކުރެވުނެވެ. މާތްކަމާއި މޫރިތިކަމާއި ޢިއްޒަތާއި ޖާހާއި ފަޚުރުވެރި މަޤާމު ދޫކުރައްވައި ކަފުނުގެ ބަނޑެލިތަކުން ބެނދިވަޑައިގެންނެވުމުގެ ވަގުތު އައިސް ޖެހިއްޖެއެވެ. އަދި ރަސްކަމުގެ ތަޚުތުން ފައިބައި ވަޑައިގެން ފަޚުރުވެރި ގަނޑުވަރު ދޫކުރައްވައި މީސްތަކުންގެ ކޮނޑުތަކުގައި އުފުލިގެންވީ ސަންދޯކެއްގައި ކަށްވަޅުގެ ތުންފަތްމައްޗަށް ވަޑައިގަންނ...