ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން މިފަހުން ކުޅުދުއްފުށީގައި ބޭއްވި ޖަލްސާ ކަވަރުކުރަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ޚަރަދުކުރިކަމަށް ބުނެ ބައެއް މީޑިއާތަކުގައި ފަތުރަނީ ޙަޤީޤަތެއްނެތް ދޮގެއްކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނެފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއްޖެ ޓީވީގެ ކުރޫގެ ދަތުރާއި، ކެއުމާއި ތިބުމުގެ އިންތިޒާމް ހަމަޖައްސައިދީފިނަމަ ކުޅުދުއްފުށީގެ މައުލޫމާތު ގެނެސްދިނުމަށް ރާއްޖެ ޓީވީގެ އެއަރޓައިމް އަށް އަދި ކޮންޓެންޓް ހެދުމަށް އެއްވެސް ފީއެއް ނުދައްކައި ހިލޭ ސާބަހަށް ގެނެސްދިނުމަށް ރާއްޖެ ޓީވީގެ ފަރާތުން ހުށަހެޅި ހުށަހެޅުމަކަށް ސިޓީ ކައުންސިލްގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން އެކަން ކުރުމަށް ނިންމާފައި ވަނީ، ރާއްޖޭގެ ބޮޑު މީޑިއާއަކުން އެފަދަ ރަނުގެ ފުރުސަތެއް ލިބުމުން، ރަށުގެ ތަރައްޤީއާއި ރައްޔިތުންގެ ލާބަޔަށް ކުރަން މުހިންމުކަމެއްކަމުގައި ވާތީކަމަށެވެ،
މި ދަތުރުގައި ރާއްޖެ ޓީވީއަށް ކުޅުދުއްފުށީގައި އިތުރު އެއްވެސް ކަމެއް ނުކުރެވޭގޮތަށް އެކްސްކްލޫސިވްކޮށް ރާއްޖެ ޓީވީ ހަޔަރ ކުރުމަށް ސިޓީ ކައުންސިލުން އެއްވެސް ފީއެއް ދައްކާފައިނުވާނެކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
އެހެންކަމުން ރާއްޖެ ޓީވީގެ ފަރާތުން ސިޔާސީ ޕާޓީއެއްގެ ޖަލްސާއެއް ވިޔަސް، ރަށުގެ ޖަމިއްޔާއެއްގެ ހަރަކާތެއް ވިޔަސް ނޫނީ އެހެން އިދާރާއެއްގެ ހަރަކާތެއްވިޔަސް، އެފަރާތަކާއި ރާއްޖެ ޓީވީއާއި ދެމެދު އެއްބަސްވާގޮތަކަށް ކުރިއަށް ގެންދިޔުމަކީ ރާއްޖެ ޓީވީއަށް ލިބިގެންވާ ހައްގެއްކަމަށް ސިޓީ ކައުންސިލުން ބުނެފަވެއެވެ. އަދި އެފަދަ ހަރަކާތަކަށް ސިޓީ ކައުންސިލުން ޚަރަދެއްކޮށްފައި ނުވާނެކަމަށް ސިޓީ ކައުންސިލްގެ ބަޔާނުގަވެއެވެ.
''އެހެންކަމުން އެމްޑީޕީގެ ޖަލްސާއެއް ކަވަރު ކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ޚަރަދުކުރިކަމަށް މީޑިއާގައި ދައުރުވަމުންދާ ޚަބަރުތަކަކީ އެއްވެސް ޙަޤީޤަތެއްނެތް ދޮގު ޚަބަރުތަކެއްކަމުގައި ދަންނަވަމެވެ. ކަމުގެ ޙަޤީޤަތެއް ބެލުމެއްނެތި، މިކައުންސިލްގެ އެއްވެސް ބަހެއްނެތި، ރައްޔިތުންނަށް އޮޅޭގޮތަށް އަދި އަދި މިކައުންސިލް ބަދުނާމުވާގޮތަށް މީޑިއާގައި ދޮގު މައުލޫމާތު ފެތުރުން މިކައުންސިލުން ކުށްވެރިކުރަމެވެ.'' ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފަވެއެވެ.
ކުޅުދުއްފުށީގެ މައުލޫމާތާއި ކުޅުފުއްފުށީގައި ކުރިއަށްދާ މަޝްރޫއުތަކުގެ މައުލޫމާތު ގެނެސްދިނުމަށް ރާއްޖެޓީވީ އަށް ހަމަޖައްސައި ދީފައިވާ އިންތިޒާމްތަކާއި ގުޅިގެން، ބައެއް ނޫސްތަކާއި ސޯސަލް މީޑިއާގައި ދައުރުވަމުންދާ ދޮގު މައުލޫމާތާއި ގުޅިގެން ނެރޭ ނޫސްބަޔާން pic.twitter.com/yTmPkbdNar
— Kulhudhuffushi City Council (@kfcitycouncil) December 8, 2024
ސިޓީ ކައުންސިލުން ބުނީ މީގެ ކުރީން ސިޓީ ކައުންސިލުން ބައެއް އިންތިޒާމްތައް ހަމަޖައްސައިދީގެން ސަންގު ޓީވީއާއި، ޕީއެސްއެމް ވެސް އެ ސިޓީއަށް ގެންގޮސްފައިވާނެ ކަމަށެވެ. އަދި އެ ދަތުރުތަކުގައި ވެސް އެ ޗެނަލްތަކުން އިތުރުކަމެއް ކުރުމާއި، ނުކުރުން އެ ޗެނަލްތަކުގެ އިޚްތިޔާރަށް ދޫކޮށްލިކަމަށް ސިޓީ ކައުންސިލްގެ ބަޔާނުގައި ބުނެފަވެއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލަކީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލެކެވެ. އެ ކައުންސިލްގެ އެއްމެ މެންބަރެއް ފިޔަވައި ބާކީ ހުރިހާ މެމްބަރުން ނިސްބަތްވަނީ އެމްޑީޕީ އަށެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
އޭނާ ބުނާނީ ދޮގެކޭތާދެން
އެކަން ނުކުރާކަމަކަށް ނުވާނެ ކިތަންމެ ބަޔާނެއް ނެރުނަސް