ޑްރޯން ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއްގައި ބޯޓެއް އަތުލައިފި އެވެ.

އެމްއެންޑީއެފް އިން ކުރި ޓުވީޓެއްގައި ވިދާޅުވީ، މި ބޯޓު އަތުލައިގަނެފައިވަނީ އެމްއެންޑީއެފް އެއަރ ކޯރގެ ޑްރޯން ބޭނުންކޮށްގެންނާއި އަދި އެމްއެންޑީއެފް ކޯސްޓްގާޑުން ގުޅިގެން ރާއްޖޭގެ އުތުރުގެ ސަރަހައްދު ބެލެހެއްޓުމަށް ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ކަމަށެވެ.

Ad
rt

"ޑްރޯނުން ވަނީ ބޭރު ޤައުމެއްގެ ބޯޓެއް، ޤާނޫނާ ޚިލާފަށް ރާއްޖޭގެ ސަރަޙައްދުގައި އުޅެނިކޮށް ލޮކޭޓްކޮށްފަ."

އެމްއެންޑީއެފްއިން ވިދާޅުވި އެވެ.

ކޯސްޓްގާޑުން މި ބޯޓް އިންޓަރސެޕްޓް ކުރުމަށްފަހު މިހާރު ވަނީ ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެވިފައިކަަމަށްވެސް ވިދާޅުވި އެވެ.