ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭ ގޮތް ހެދުމުގެ މަޝްރޫޢުގެ ދަށުން ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސް.ޓީ.އޯ)ގެ ތެޔޮ ވިއްކާ ސެޓަޕް ޤާއިމުކުރާ ރަށްތަކުގެ ތެރޭގައި ބޮޑުތިލަދުންމަތީގެ ތިން ރަށެއް ހިމެނިއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ރަސްމިއްުޔާތެއްގައި ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮ ރައްކާކުރެވޭނޭ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.

Ad
rt

މި މަޝްރޫޢުގެ އަމާޒަކީ ފެބްރުއަރީ 2026 ގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފިއުލް ސެޓަޕް ޤާއިމުކޮށް، މަސްވެރިންނާއި ޢާންމު ރައްޔިތުންނަށް ތެޔޮ ލިބޭނޭ ނިޒާމު ޤާއިމުކުރުމެވެ.

މިގޮތުން މިހާރު ވެސް ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި ހުންނަ އެފް.އެސް.އެމް ޝެޑުން ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދެމުން އަންނައިރު، މިއަހަރުގެ ޖަނަވަރީ މަހު ވަނީ، ހުޅުމާލޭގައި ސެޓަޕް ޤާއިމުކޮށް ޚިދުމަތް ދޭން ފަށާފައެވެ.

ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭ ގޮތް ހެދުމުގެ މަޝްރޫޢު އިފްތިތާޙްކޮށްފި

މި މަސްރޫޢުގެ އަމާޒަށް ވާސިލްވުމަށް ދެ ފިޔަވައްސަކަށް ބަހާލައިގެން ތެޔޮ ވިއްކާ ސެޓަޕްތައް ޤާއިމުކުރަން ނިންމާފައިވާއިރު، 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ސެޓަމް ގާއިމުކުރާ ރަށްތަކުގެ ތެރޭގައި ބޮޑުތިލަދުންމަތީގެ ހއ. އިހަވަންދޫ އާއި ހދ. ހަނިމާދޫ ހިމެނެއެވެ.

ދެވަނަ ފިޔަވަހީގެ ދަށުން 2026 ގެ ފެބްރުއަރީ މަހުގެ ނިޔަލަށް ސެޓަމް ގާއިމުކުރާ ރަށްތަކުގެ ތެރޭގައި ށ. އަތޮޅު މިލަންދޫ ހިމެނެއެވެ.

މީގެ އިތުރުން ދެވަނަ ފިޔަވަހީގެ ދަށުން 2026 ގެ ފެބްރުއަރީ މަހުގެ ނިޔަލަށް ސެޓަމް ގާއިމުކުރާ ރަށްތަކުގެ ތެރޭގައި އުތުރުން ރ. ދުވާފަރާއި، ނ. މަނަދޫ އަދި ބ. ތުޅާދޫ ހިމެނެއެވެ.