ދިރިއުޅުމަށްޓަކައި ށ.ފުނަދޫއިން ދޫކުރާ 2000 އަކަފޫޓުގެ 90 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ.
އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް އެ ރަށުގައި ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމުގެ އުސޫލު ކައުންސިލުން ފާސްކޮށްފައިވަނީ މި އަހަރުގެ މާޗް 18 ވަނަ ދުވަހު ބޭއްވި އެ ކައުންސިލުގެ 136 ވަނަ އާންމު ޖަލްސާގައެވެ. އެއަށްފަހު ގެވަޅު ދޫކުރުމުގެ އުސޫލަށް ގެނެވުނު ބަދަލުތަކާއިއެކު އެ ރަށުން ދޫކުރާ 2000 އަކަފޫޓުގެ 90 ގެވަޅު ދޫކުރަން ނިންމާފައިވަނީ މި މަހު 16 ވަނަ ދުވަހު ބޭއްވި އެ ކައުންސިލުގެ 161 ވަނަ އާންމު ޖަލްސާގައެވެ.
ގެވަޅަށް އެދި ހުށަހަޅާ ފޯމް އެ ކައުންސިލުން މިއަދު ވަނީ ދޫކުރަން ފަށާފައެވެ. ފޯމް ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން އަންނަ ނޮވެމްބަރ 27 ވަނަ ދުވހުގެ 14:00 ގެ ނިޔަކަށެވެ.
ގެވަޅު ދޫކުރުމުގައި ބަލާނެ ކަންތައްތަކާއި ޕޮއިންޓް ދޭނެ ގޮތްތައް ވަރަށް ތަފްސީލްކޮށް "ފުނަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާއި ބެހޭ އުސޫލް" ގައ ވަނީ ބަޔާންކޮށްފައެވެ.
އުސޫލް: https://storage.googleapis.com/gazette.gov.mv/docs/iulaan/199451.pdf
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!