ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު އެއް މަޝްރޫ، އުތުރުގައި ފަށަން ނިންމާފައިވާ ބަންކަރިންގެ ޚިދުމަތް ފެށުމަށް ބޭނުންވާ އެއް ބޯޓު މިއަދު މިއަދު ރާއްޖެފޯރައި، ހދ. ކުޅުދުއްފުށީ ސިޓީގައި ބަނދަރުކޮށްފިއެވެ.

މި މަޝްރޫޢު ހިންގާ ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ގެންނަ ދެ ބޯޓު އަންނަ މިއަދު ރާއްޖެ އަންނާނެ ކަމަށް ކުރިން އޮތީ ލަފާކޮށްފައެވެ. އެތަނުން އެއް އުޅަނދު މިއަދު ނުފޯރީ މޫސުން ގޯސްވުމުގެ ސަބަބުން ދަތުރު ކުރަން ލަސްތަކެއް ކުރިމަތިވުމުންނެވެ. މި ބޯޓު ރާއްޖެ ފޯރާނީ އަންނަ އާދީއްތަ ދުވަހު ކަމަށް މިހާރު ވަނީ ލަފާކޮށްފައެވެ.

Ad
rt

މި މަޝްރޫޢުއަށް ބޭނުންކުރާ މިއަދު ރާއްޖެ އައި ''މެރިން އެންޖެލް'' ކިޔާ މި އުޅަނދަކީ 3258 މެޓްރިކް ޓަނުގެ ތެލާއެކު ދަތުކުކުރެވޭ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ.

''އުތުރުގައި ބަންކަރިން ޚިދުމަތްފެށުމަށް ގެންނަ ދެ ބޯޓު އާދީއްތަ ދުވަހު ރާއްޖެ އަށް ފޯރާނެ''

އުތުރުގައި، އިހަވަންދިއްޕޮޅުގައި ފަށަން ނިންމާފައިވާ ބަންކަރިންގެ ޚިދުމަތް ރަސްމީކޮށް ފަށަން މިހާރު ނިންމާފައި އޮތީ މި ސެޕްޓެމްބަރު މަހުގެ 12 ވާ ބުރާސްފަތި ދުވަހުއެވެ.

އިހަވަންދިއްޕޮޅުގައި ފަށަން ނިންމާފައިވާ މި ޚިދުމަތް ފެށުމަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގް ބޯޓް ވެސް މިހާރު ވަނީ ގެންގޮސްފައެވެ.

އިހަވަންދިއްޕޮޅު އިކޮނޮމިކް ގޭޓްވޭ މަޝްރޫއު ހިންގުމަށް، ތަޖުރިބާގެ ބޭނުންކޮށް އިންވެސްޓަރުން ގެނައުމުގެ މަސައްކަތް ޔޫއޭއީގެ އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ (އިފްޒާ) އިޤްތިޞާދީ ވުޒާރާއިން ސޮއިކުރީ 12 މެއި 2024 ގައެވެ.

އުތުރުގައި ބަންކަރިން ޚިދުމަތްފެށުން ސެޕްޓެމްބަރު 12 ގައި

އިހަވަންދިއްޕޮޅު އިކޮނޮމިކް ގޭޓްވޭ މަޝްރޫއު ހިންގުމަށް، ތަޖުރިބާގެ ބޭނުންކޮށް އިންވެސްޓަރުން ގެނައުމުގެ މަސައްކަތް ޔޫއޭއީގެ އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ (އިފްޒާ) އިޤްތިޞާދީ ވުޒާރާއިން ސޮއިކުރީ 12 މެއި 2024 ގައެވެ.

ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު މަޝްރޫ އިހަވަންދިއްޕޮޅުގައި ފަށަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާންކުރައްވާފައި ވަނީ 24 ފެބްރުއަރީ 2024ގައި ހއ. ހޯރަފުށްޓަށް ކުރެއްވި ދަތުރުފުޅެއްގައި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެދުވަހު ރައީސް ވިދާޅުވިގޮތުގައި ސަރުކާރުގެ ބޮޑު 5 ކުންފުނި ހިމަނައިގެން މި ސަރުކާރުން އަލަށް އުފެއްދި، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކުންފުނިން ހއ. އަތޮޅާއި، އެ ސަރަޙައްދުގައި ފަށާ މަޝްރޫޢު ވެގެންދާނީ، މި ރާއްޖޭގައި ފެށޭ އިޤްތިޞާދީ އެންމެބޮޑު މަޝްރޫޢަށް ކަމަށެވެ.