ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު އެއް މަޝްރޫ، އުތުރުގައި ފަށަން ނިންމާފައިވާ ބަންކަރިންގެ ޚިދުމަތް އަންނަ ސެޕްޓެމްބަރު 12 ގައި ތައްޔާރުވެފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު އިއްޔެ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ބޭރުފައިސާ ލިބުމުގެ ދަތިކަމަށް ޙައްލުހޯދުމަށާއި ރާއްޖޭގެ އިޤުތިޞާދު އިތުރަށް ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ހާމަކުރުމަށް ސަރުކާރުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އިހަވަންދިއްޕޮޅުގައި ފަށަން ނިންމާފައިވާ މި ޚިދުމަތް ފެށުމަށް މީގެކުރިން އިގްތިސޯސީ ވަޒީރު ވަނީ ދެފަހަރަކު ތާރީޚް ދެއްވާފައެވެ. އެކަަމަށް އިޝާރާތްކުރައްވައި ވަޒީރު އިއްޔެ ވިދާޅުވީ، މޫސުން ތަންނުދިނުމަކީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ދިން ބައެއް ތާރީޚުތަކަށް ބަދަލުއައުމުގެ އެއް ސަބަބެވެ. މިހާރު މަސައްކަތްކުރަމުންދަނީ އަންނަ މަހުގެ 12 ވަނަ ދުވަހު ބަންކަރިންގެ ޚިދުމަތް ފެށުމަށްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
އުތުރުގައި ހަދާ ބައިނަލްއަގުވާމީ ބަންކަރިން ޚިދުމަތް ފެށުމަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގް ބޯޓް ވެސް މިހާރު ވަނީ ގެންގޮސްފައެވެ.
އިހަވަންދިއްޕޮޅު އިކޮނޮމިކް ގޭޓްވޭ މަޝްރޫޢު ހިންގުމަށް، ތަޖުރިބާގެ ބޭނުންކޮށް އިންވެސްޓަރުން ގެނައުމުގެ މަސައްކަތް ޔޫއޭއީގެ އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ (އިފްޒާ) އިޤްތިޞާދީ ވުޒާރާއިން ސޮއިކުރީ 12 މެއި 2024 ގައެވެ.
މި މަޝްރޫޢު ހިންގަނީ ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިސްވެ އޮވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!