ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު އެއް މަޝްރޫ، އުތުރުގައި ފަށަން ނިންމާފައިވާ ބަންކަރިންގެ ޚިދުމަތް ފެށުމަށް މި މަޝްރޫޢު ހިންގާ ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ގެންނަ ދެ ބޯޓު އަންނަ އާދީއްތަ ދުވަހު ރާއްޖެ އަންނާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އުތުރުގައި ފަށަން ނިންމާފައިވާ ބަންކަރިންގެ ޚިދުމަތް ރަސްމީކޮށް ފަށަން މިހާރު ނިންމާފައި އޮތީ މި ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ.
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމް ދައުލަތުގެ މީޑިއާ، ޕީއެސްއެމް އަށް ވިދާޅުވެފައިވާކަމަށް އެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އުތުރުގައި ބަންކަރިންގެ ޚިދުމަތް ފެށުމަށް ރާއްޖެ ގެންނަ ދެބޯޓު މިހާރު އޮތީ ރާއްޖެ އައުމުގެ މަގުމަތީގައިކަމަށެވެ.
މި 2 ބޯޓަށް މިމަހުގެ 8 ވަނަ ދުވަހު މާލެ އާދެވޭނެކަމަށާއި މިމަހުގެ 11 ނުވަތަ 12 ވަނަ ދުވަހު ބޯޓު ރާއްޖޭގެ އުތުރަށް ގެންދެވޭނެކަމަށް ޝިމާދު ވަނީ ވިދާޅުވެފައެވެ.
އިހަވަންދިއްޕޮޅުގައި ފަށަން ނިންމާފައިވާ މި ޚިދުމަތް ފެށުމަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގް ބޯޓް ވެސް މިހާރު ވަނީ ގެންގޮސްފައެވެ.
އިހަވަންދިއްޕޮޅު އިކޮނޮމިކް ގޭޓްވޭ މަޝްރޫޢު ހިންގުމަށް، ތަޖުރިބާގެ ބޭނުންކޮށް އިންވެސްޓަރުން ގެނައުމުގެ މަސައްކަތް ޔޫއޭއީގެ އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ (އިފްޒާ) އިޤްތިޞާދީ ވުޒާރާއިން ސޮއިކުރީ 12 މެއި 2024 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!